ads
ހިރިމަރަދޫ ފެނާއި ނަރުދަމާ މަޝްރޫއު ފޮޓޯ: މިނިސްޓްރީ
ރާއްޖޭގެ 133 ރަށެއްގައި ފެނުގެ ހިދުމަތް، 144 ރަށެއްގައި ނަރުދަމާ ގާއިމްކޮށްފި
ރާއްޖޭގައި މިވަގުތު 133 ރަށެއްގައި ފެނުގެ ހިދުމަތް ދެމުންދާއިރު 144 ރަށެއްގައި ނަރުދަމާގެ ހިދުމަތް ގާއިމްކޮށްފައިވާކަމަށް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ޠާރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު މިވާހަކަ ވިދާޅުވީ ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގައި ކުރިމަތިވާ ކުއްލި ހާލަތުގައި އަމަލުކުރާނެ ގޮތުގެ ޕްލޭން އިފްތިތާހުކޮށްދެއްވަމުންނެވެ. މި ނިޒާމުތައް ރައްކާތެރިގޮތުގައި ބެލެހެއްޓުމަކީ މުހިންމުކަމެއްކަމަށްވެސް ޓޫރިޒަމް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ ރަށްތައް ފެނާއި ނަރުދަމާގެ ނިޒާމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާކަން ފާހަގަކުރެއްވި ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކާރިސާތައް މިހާރު އިތުރުވަމުންދާކަމަށެވެ. އަދި އެންމެބޮޑަށް ދިމާވާ މައްސަލައަކީ ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ނަރުދަމާގެ ނިޒާމަށް ދިމާވާ މައްސަލަތައްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން ނަޖިސް ބޭރުވުމުގެ މައްސަލަ ދިމާވާކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުއްލި ހާލަތްތަކަށް އަބަދުވެސް ތިބެންވާނީ ތައްޔާރީ ހާލަތުގައިކަމަށާއި، ދިމާވެދާނެ ކުއްލި ހާލަތަކަށް ދުރާލާ ތައްޔާރުވެ، އަމަލުކުރާނެ ގޮތް އެނގި ތިބެއްޖެނަމަ ކުއްލިހާލަތުގެ ވަގުތު ބޮޑުތަނުން ކުޑަކުރެވުގެންދާނެކަމަށެވެ. އަދި ފެނުގެ ނިޒާމް ބެލެހެއްޓުމުގައިވެސް އާރްއޯ ޕްލާންޓު ހިންގުމާއި ފެނުގެ ކޮލެޓީ ބެލެހެއްޓުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި ފެނުގެ ސްޓޯރޭޖް ކެޕޭސިޓީ ބެލެހެއްޓުންވެސް މުހިންމުކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް