ads
އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް
ބޮލީވުޑު ތަރިން ރާއްޖެ އިޝްތިހާރުކުރަން ނުކުންނަނީ
އިންޑިއާގެ ފިލްމީ ސިނާއަތުގެ އެންމެ މަޝްހޫރު ތަރިން ބޭނުންކޮށްގެން ރާއްޖެ އިޝްތިހާރުކުރުމަށް މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ ޓޫރިޒަމަށް ވަރަށް މުހިންމު މާކެޓެއް ކަމަށާއި އިންޑިއާގެ މާކެޓު ވަރަށް ބޮޑަށް ކުރިއަރަމުންދާ ކަމަށެވެ.

މިނިސްޓަރު ތޯރިގު ވިދާޅުވީ ބޮންބޭ، ދެއްލީ އަދި ސައުތު އިންޑިއާގައި މިހާރު ރާއްޖެ މާކެޓުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މިނިސްޓަރު އިތުރަށް ވިދާޅުވީ "އިރާދަކުރެއްވިއްޔާ މާލަސްތަކެއް ނުވެ ފެނިވަޑައިގަންނަވާނެ އިންޑިއަން ފިލްމު އިންޑަސްޓްރީގައި އެންމެ ޓޮޕްގައި އުޅުއްވާ ބައެއްކަހަލަ ފިލްމް ސްޓާސްއާ އެއްކޮށް ވެސް ރާއްޖެ މާކެޓު ކުރުމުގެ މަސައްކަތްތަކެއް ކުރެވިގެންދާނެ" ކަމަށެވެ. އަދި އިންޑިއާއިން ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކާއި އިންޑިއާގެ ޓޮޕް އެޕްލިކޭޝަންތަކާއެކު ވެސް ރާއްޖެ އިޝްތިހާރުކުރުމުގެ ޕްރޮމޯޝަންތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޗައިނާއާއި އެހެނިހެން ގައުމުތަކުގެ މާކެޓުތަކަށް ވެސް ރާއްޖެ ޕްރޮމޯޓުކުރުމުގެ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށް މިނިސްޓަރު ތޯރިގު ވިދާޅުވިއެވެ. ރާއްޖެއަށް އާންމުކޮށް ޓޫރިސްޓުން ޒިޔާރަތްކުރާ ބައެއް ގައުމުތަކުގައި އެކްސްޕޯތައް ބޭއްވުމަށް ވެސް ނިންމާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

 އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި އެއް ގައުމެވެ. އެހެންނަމަވެސް ފަހު ދުވަސްވަރު ދެ ގައުމުގެ ގުޅުމަށް އައި ބަދަލާ ގުޅިގެން އިންޑިއާއިން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ދަށަށް ގޮސްފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް