ads
ށ މިލަންދޫގައި އެމްޓީސީސީން ހަރަކާތްތެެރިވަނީ
އެމްޓީސީސީއިން ށ މިލަންދޫގައި 3 މަޝްރޫއެއް ފަށަނީ
ށ. މިލަންދޫގައި ތިން މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީއިން ތައްޔާރުވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
Advertisement

މި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ދެ ބުރީގެ ހޮސްޕިޓަލް އިމާރާތެއް އެޅުމާއި، އިސްލާމީ މަރުކަޒެއް އިމާރާތް ކުރުމާއި، ރަށުގައި މިހާރު ހަދާފައި ހުރި އައުޓްޑޯ ޖިމްގެ އިކުއިޕްމެންޓް ބަދަލުކުރުމެވެ.

އެމްޓީސީސީއިން އޮފީހުން ބުނީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ރަށްރަށުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާ ގުޅުންހުރި ވަރަށް ގިނަ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށެވެ.

މިކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ގެނައުމުގެ ގޮތުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއި، ހާއްސަ އިރުޝާދުފުޅުގެ ދަށުން މިފަދަ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ނިންމުމަށް އެމްޓީސީސީއާ ހަވާލު ކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެ އެވެ.

ޖުމަލަ 2,094 މީހުންގެ އާބާދީއެއް ދިރިއުޅޭ ށ. މިލަންދޫ ރައްޔިތުންނަށް މިފެށިގެންދާ މަޝްރޫއުތަކުގެ މަސައްކަތް ފުރިހަމަކުރެވުމާއެކު އުމްރާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީއިން އޮފީހުން ބުނީ އެވެ. މި މަޝްރޫއުތަކަކީ ރައްޔިތުންނަށް އިންތިހާއަށް މުހިންމު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކެއް ކަމަށް ވެސް އެމްޓީސީސީއިން ފާހަގަކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް