ads
ދިރާގުއެޕް މެދުވެރިކޮށް ކަރާ ފަޅައިގެން ސްވިޓްޒަރލޭންޑްގެ ދަތުރު ހޯދި މުހައްމަދު އިއުތިމަން އަލީއަށް އެ އިނާމު ރަސްމީކޮށް ހަވާލުކުރުން
ދިރާގުއެޕް މެދުވެރިކޮށް ކަރާ ފަޅައިގެން ހޯދި ސްވިޓްޒަރލޭންޑްގެ ދަތުރު ހަވާލުކޮށްފި
ދިރާގުއެޕް މެދުވެރިކޮށް ކަރާ ފަޅައިގެން ސްވިޓްޒަރލޭންޑްގެ ދަތުރު ހޯދި މުހައްމަދު އިއުތިމަން އަލީއަށް އެ އިނާމު ރަސްމީކޮށް ހަވާލުކޮށްފިއެވެ.
Advertisement

ރޯދަ މަހު ދިރާގުން ކުރިއަށްގެންދިޔަ "ކަރާ ފަޅައިގެން އިނާމު ހޯދުމުގެ" ޕްރޮމޯޝަންގެ އެންމެ ހާއްސަ އިނާމުކަމަށްވާ މި ދަތުރު ހަވާލުކޮށްފައިވަނީ ދިރާގު ހެޑް އޮފީހުގައި ބޭއްވި ހަފްލާއެއްގައެވެ. މި ހަފްލާގައި ދިރާގުގެ އިސް ވެރިންނާއި މުވައްޒަފުން ބައިވެރިވެފައިވެއެވެ.

ރޯދަ މަހު ދިރާގުން ބޭއްވި މި ޕްރޮމޯޝަންގައި ދިރާގު މޯބައިލް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ދިރާގުއެޕްއިން ކަރާ ފަޅައިގެން 2 ޖީބީ ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު ހުޅުވާލިއެވެ. މީގެ އިތުރުން، ވަކި އަދަދަކަށް ކަރާ ފަޅައިގެން ހާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވެސް ދީފައިވެއެވެ. މި އިނާމުތަކުގެ ތެރޭގައި 10 ޖީބީ ހިލޭ ޑޭޓާ، އެއަރޕޮޑްސް، ސެމްސަންގ އެސް 25 ފޯން، 1 ޓީބީ ހިލޭ ޑޭޓާ އަދި ސްވިޓްޒަރލޭންޑަށް ޗުއްޓީ ދަތުރެއް ހިމެނެއެވެ.

އިނާމް ލިބުނު އިއުތިމަން ވިދާޅުވީ ދިރާގުއެޕްއިން ކަރާ ފަޅާލައިގެން އެހާ ފަސޭހައިން ސްވިޓްޒަރލޭންޑަށް ދިއުމުގެ ފުރުސަތު ލިބިދާނެ ކަމަށް ހިއެއް ވެސް ނުކުރައްވާ ކަމަށެވެ. "އިނާމް ލިބުނުކަން އެނގުމުން ފުރަތަމަ ގަބޫލުނުކުރެވުނު ކަމުގައި ވިޔަސް، ވަރަށް ބޮޑަށް އުފާވި. ދިރާގު ކަސްޓަމަރަކަށް ވުމުގެ ސަބަބުން އަޅުގަނޑަށް މި ލިބުނީ ވަރަށް އަގުހުރި އިނާމެއް، އަދި މި ކަމަށްޓަކައި ދިރާގަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން," އިއުތިމަން ބުންޏެވެ. ދިރާގުން ދަނީ ކޮންމެ އަހަރަކު ވެސް އެ ކުންފުނީގެ ކަސްޓަމަރުންނަށް މި ފަދަ ތަފާތު ހާއްސަ ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސް، އަގުހުރި އިނާމުތަކާއި އުފާވެރި ތަޖުރިބާތައް ފޯރުކޮށްދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް