ads
ވިޔަފާވެރިޔާ އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު
ސިޔާމް ގޮވާލެއްވީ، ކޮރަޕްޝަނުގެ އަމަލުތަކުގައި ބައިވެރިނުވުމަށް!
ވައްކަމުގެ ހަޑިމުޑުދާރު އަމަލުން ދުރުވާން ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު ގޮވާލައްވައިފި އެވެ.
Advertisement

ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ޚާއްސަކޮށް މިއަދު ފާހަގަކުރާ، ބައިނަލްއަގުވާމީ އެންޓި-ކޮރަޕްޝަން ދުވަހާ ގުޅުވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސިޔާމް ވިދާޅުވީ, ވައްކަމަކީ މާތްވެގެންވާ އިސްލާމް ދީނުގައި ވަރަށް ހަރުކަށިކަމާއެކު ނަހީކުރައްވައިފައިވާ އަމަލެއް ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ، ވައްކަން ފަދަ އަމަލުތަކުން މަންފާ ހޯދައި، އެ ބޭނުންކުރުމަކީ ދިވެހި ގައުމު ފަސާދައިގެ ތެރެއަށް ގެންގޮސް، މުޖުތަމައު ހަލާކުގެ ތެރެއަށް ވައްޓައިލާނޭ ކަމެއް ކަމަށެވެ. އަދި އެ ފަދަ އަމަލުތަކުގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިވާ ކޮންމެ މީހަކު ވެސް ހިމެނޭނީ ނަރަކައިގެ ގަދަފަދަ އަޒާބުގެ އަހުލުވެރީން ކަމުގައި ކަމަށް ސިޔާމް ވިދާޅުވި އެވެ.

ވައްކަމަކީ މާތްވެގެންވާ އިސްލާމް ދީނުގައި ވަރަށް ހަރުކަށިކަމާއެކު ނަހީކުރައްވައިފައިވާ އަމަލަކަށް ވީ ހިނދު، އެ ފަދަ އަމަލުތަކުން މަންފާ ހޯދާ، ލިބިގަނެ އެ ބޭނުންކުރުމަކީ މި ގައުމު ތެރެއަށް ގެންގޮސް، މުޖުތަމައު ހަލާކުގެ ތެރެއަށް ވައްޓާލާނެ ކަމެއް ކަމަށެވެ.

ސިޔާމް މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި މުއައްސަސާތަކުގެ އިސްވެރިން ވައްކަން ކުރާ ކަމަށް ރައްޔިތުން ތުހުމަތުކޮށް، އެފަދަ މައްސަލަތަކެއް ވެސް ބަލަމުންދާ ދަނޑިވަޅެއްގަ އެވެ.

ކޮންމެ އަހަރެއްގެވެސް ޑިސެންބަރު މަހުގެ 9 ވަނަ ދުވަހަކީ، ބައިނަލްއަގުވާމީ ގޮތުން ދުނިޔޭގައި ފާހަގަކުރެވޭ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ދުވަހެވެ. މިއީ އ.ދ. ގައި ރިޒޮލިއުޝަނުން ކަނޑައަޅާފައިވާ ދުވަހެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް