ads
ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮތް ޒުވާން އަންހެން ކުއްޖާ އިންސާފު ހޯދާދިނުމަށް ގޮވާލާ ޒުވާނުން މުޒާހަރާކުރަނީ. ފޮޓޯ ސޯޝަލް މީޑިއާ
އިމާރާތުން ވެއްޓުނު ޒުވާނާއަށް އިންސާފު ހޯދަން މުޒާހަރާކުރަނީ
މާލޭގައި ހުންނަ ގެއެއްގެ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮތް ޒުވާން އަންހެން ކުއްޖާ އިންސާފު ހޯދާދިނުމަށް ގޮވާލާ ޒުވާނުން މުޒާހަރާއަށް ނުކުމެއްޖެއެވެ.
Advertisement

އުމުރުން 21 އަހަރުގެ މި ޒުވާނާ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ. އެ ޒުވާނާ ވެންޓިލޭޓަރުގައި ބޭއްވުމަށްފަހު މިރޭ ވަނީ ވެންޓިލޭޓަރުން ނަގާފައެވެ. އެހެންނަމަވެސް އެ ޒުވާނާގެ ހާލު ސީރއަސްކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.  

މި މައްސަލާގައި ފުލުހުން ރޭ ކުއްލި ނޫސްވެރިންގެ ބައްދަލުވުމެެއް ބާއްވާ އެކަން ހިނގިކަމަށް ފެންނަ ގިތް ވަނީ ކިޔާދީފައެވެ. އަދި އެ ކުއްޖާގެ ވަނަވަރުވެސް ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް މިކަމުގައި ދެން ހިމެނޭ އެއްވެސް މީހެެއްގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި އެ އަންހެން ކުއްޖާއާއި އެކު ހުރި 21 އަހަރު އަނެއް ޒުވާނާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ނަމަވެސް މިހާތަނަށްވެސް އޭނާ ހައްޔަރުކޮށްފައެއް ނުވެއެވެ. 

މިކަމާއި ގުޅިގެން ގިނަ އަދަދެއްގެ ޒުވާނުން މަގުމައްޗަށް  ނުކުމެ އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. ޒުވާނުން އެއްވެފައިވަނީ ހެންވޭރުގައި ހުންނަ ފުލުހުންގެ އިމާރާތުގެ ކައިރިއަށެވެ. ޒުވާނުން ގޮވަމަުން ދަނީ އަންހެން ކުއްޖާއަށް އިންސާފު ހޯދާދިނުމަށެވެ. ބޮޑު މިހާ ކުޑަ މީހާ ތަފާތު ނުކޮށް މި މައްސަލާގައި ދެން ހިމެނޭ މީހުންވެސް ހައްޔަރުކޮށް އެ މީހުން ވަނަވަރުތައްވެސް ހާމަކުރަން ޒުވާނުން އަންނަނީ ގޮވަމުންނެވެ. 

ފުލުހުން ރޭ ބުނީ އެ އަންހެން ކުއްޖާ ވެއްޓިފައިވަނީ މީހެެއްގެ ބައިވެރިވުމަކުން ނޫންކަން މިހާތަނަށް ބެލި ސީސީޓީވީ ފުޓޭޖްތަކުން ދެނެގަނެވިފައިވާކަމަށެވެ. ފުލުހުން ބުނީ އަންހެން ކުއްޖާ ވެއްޓުނީ އަމިއްލައަށް ކަމަށާއި އެ ކުއްޖާ ހުރީ މަސްތުގައިކަމަށް ބެލެވޭކަމަށެވެ. 

ފުލުހުން ބުނީ އަންހެން ކުއްޖާ ވެއްޓުނީ މީހަކު ކޮށްޕާލައިގެން ނޫންކަން ތަހުގީގަށް މިހާރު ޔަގީން ކުރެވިފައިވާކަމަށެވެ.

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް