ads
ޔާމިން ރަޝީދު
ޔާމީން ރަޝީދުގެ މައްސަލައިގެ ތަހުގީގީ ހޯދުންތައް ހާމަކުރުމަށް ގޮވާލައިފި
ބްލޮގަރު ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލިތާ އަށް އަހަރު ފުރުމާ ގުޅިގެން، އޭނާގެ މައްސަލައިގެ ތަހުގީގީ ހޯދުންތައް ހާމަކުރުމަށް ހަތް މަދަނީ ޖަމިއްޔާއަކުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލައިފި އެވެ.
Advertisement

މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބެލުމަށް އުފެއްދި ކޮމިޝަން (ޑީޑީކޮމް)ގެ ތަހުގީގުގެ ހޯދުންތައް އާއިލާތަކާއި އާންމުންނަށް ހާމަކުރުމަށް ރައީސް ވެވަޑައިގެންނެވި ވައުދު ފުއްދުމަށް މި ޖަމިއްޔާތަކުން ބަންޑާރަނައިބު އަހުމަދު އުޝާމަށް ވެސް ގޮވާލާފައިވެ އެވެ.

މި ބަޔާނުގައި ޖަމިއްޔާތަކުން ބުނެފައިވަނީ ޑީޑީކޮމްއާ 27 މައްސަލައެއް ހަވާލުކުރި ނަމަވެސް، އޭގެ ތެރެއިން އެއްވެސް މައްސަލައެއްގައި އެއްވެސް މީހަކު އިންސާފުގެ ކުރިމައްޗަށް ނުގެނެވޭކަމަށެވެ. އަދި އެ ގަތުލުގެ މައްސަލައިގައި އިންސާފަށް ހުރަސްއެޅި މީހުންގެ މައްސަލަ ތަހުގީގުކޮށް، އެ މީހުންނަށް ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް ސަރުކާރަށް ގޮވާލާފައިވެ އެވެ. މީގެ އިތުރުން މިދިޔަ އަހަރު ރައީސްގެ އެންގުމަށް ޑީޑީކޮމްގެ ދައުރު ނިންމާލިއިރު، އަނިޔާ ލިބުނު މީހުންގެ އާއިލާތަކާއި ޖަމިއްޔާތަކަށް ކޮމިޝަންގެ ހޯދުންތައް ހާމަކުރަން އިންކާރުކުރި ކަމަށް ވެސް ބުނެފައިވެ އެވެ.

ޔާމީން ރަޝީދު މަރާލި މައްސަލައިގައި މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދު އަދި މ. އިރާސްމިކުގޭ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށް ކުށް ސާބިތުވެ، އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވެ އެވެ. މިދިޔަ ޖޫންމަހު ޔާމީން ރަޝީދު މަރައިލި މައްސަލައާއި ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ރަހީނުކޮށް މަރައިލި މައްސަލައިގައި ތިން މީހުންނާ ދެކޮޅަށް ދައުލަތުން ދައުވާކޮށްފައިވެ އެވެ. މި ޖަމިއްޔާތަކުން ފާހަގަކޮށްފައިވަނީ ސަރުކާރުތަކުންނާއި ސިޔާސީ ފަރާތްތަކުން ޔާމީން ރަޝީދުގެ ގަތުލާއި އަހުމަދު ރިލްވާން އަބްދުﷲ ގަދަކަމުން ގެއްލުވައިލި މައްސަލަތަކުގެ ނާޖާއިޒު ސިޔާސީ ފައިދާ ހޯދަމުންދާކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް