
ސައިފް އަލީ ހާން އަލްފަރުދާން ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ބުނީ ގަތަރުގައި ގޯތިގެދޮރު ގަންނަން ނިންމީ ސަލާމަތްތެރިކަމާއި އާރާމު ލިބޭތީއާއި ގަތަރަކީ އިންޑިއާއާއި ގާތް ހިސާބެއްގައި އޮންނަ ތަނަކަށްވާތީކަމަށެވެ.
މިއަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހު މުންބާއީގައި ހުންނަ ސައިފްގެ ގެއަށް ޝެހްޒާދު ކިޔާ މީހެއް ވަދެ ވަޅިން އޭނާއަށް ހަމަލާދިނެވެ. އެ ހަމަލާގައި ސައިފްގެ ހޮސްޕިޓަލްގައި އޮޕަރޭޝަން ކުރުމަށްފަހު 5 ދުވަސް ފަހުން ދޫކޮށްލިއެވެ.
ސައިފް އަލީ ހާންގެ މި ގަނޑުވަރަކީ އޭނާގެ މިހާރު ވެސް ހުރި އެތައް ގޯތިގެދޮރުގެ ލިސްޓަށް އިތުރުވި ބޮޅެކެވެ. އޭނާގެ އެހެން ތަންތަން ތެރޭގައި ބައްޕަފަރާތުން ވާރުތަވި ޕަޓައުޑީ ޕެލެސްއާއި މުންބާއީގެ ބަންޑްރާގައި ހުންނަ އަގުބޮޑު އެޕާޓްމަންޓަކާއި ލަންޑަންގައި ހުންނަ ގެއެއް އިތުރުން ގްސްޓާޑްގައި ހުންނަ ގެއެއް ހިމެނެއެވެ.
ހަމަލާއިން ލިބުނު ބިރުވެރިކަމާއި ގުޅިގެން ރައްކާތެރިކަމަށް އިސްކަން ދޭން ގަނޑުވަރު ގަތީކަމަށް ވެސް ބެލެވެއެވެ.
ސައިފް އިންޑިއާއިން ބޭރަށް ދިރިއުޅެން ދާން ވިސްނާ ކަމަށް ގިނަބަޔަކު ދެކޭ ނަމަވެސް، އޭނާ އެކަން ކަށަވަރުކޮށްފައެއް ނުވެއެވެ.
މިއާއެކު ސައިފް ވަނީ އެޕްރީލް 25، 2025 ގައި ނެޓްފްލިކްސްގައި ސްޓްރީމް ކުރާނެ ފިލްމެއް ކަމަށްވާ "ޖުވެލް ތީފް: ދަ ހެއިސްޓް ބިގިންސް" ގެ މަސައްކަތަށް ނިކުމެފައެވެ.