ads
ފުލުހުންނާ ދިމާލަށް އުކާފައިވާ ފައިސާތައް ޒުވާނުން ހޮވަނީ
އަންހެން ކުއްޖާ ފުރާޅަށް ވެއްޓުނު މައްސަލަ: ފުލުހުންނާ ދިމާލަށް ފައިސާ އުކައިފި
މާލޭގައި ހުންނަ ގެއެއްގެ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮތް ޒުވާން އަންހެން ކުއްޖާ އިންސާފު ހޯދާދިނުމަށް ގޮވާލާ ޒުވާނުން މުޒާހަރާއަށް ނުކުމެ ހެންވޭރުގައި ހުންނަ ފުލުހުންގެ އިންވެސްޓިގޭޝަން އިމާރާތް ގާޑު ކުރަން ތިބި ފުލުހުންނާނައި ދިމާލަށް ފައިސާ އުކައިފިއެވެ.
Advertisement

ފުލުހުންނާ ދިމާލަށް އުކާފައިވަނީ ދިވެހި ރުފިޔާއެވެ. ފައިސާ އުކި ނަމަވެސް، ފުލުހުން އެ ފައިސާތައް ނުނަގައެވެ. 

ފައިސާ އުކުމުގެ ކުރިން އެއްވެ ތިބި ޒުވާނުން ވަނީ "މަނީ މާނީ! ޔެސް ސާ" ފަދަ ޝުއޫރުތައް ގޮވާފައެވެ. އެ ޒުވާނުންގެ ޝުއޫރަކީ ފައިސާއަށް ދިވެހި ފުލުހުންގެ ތަހުގީގުގެ ނަތީޖާ ބަދަލުވާކަމެވެ.

އުމުރުން 21 އަހަރުގެ މި ޒުވާނާ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ. އެ ޒުވާނާ ވެންޓިލޭޓަރުގައި ބޭއްވުމަށްފަހު މިރޭ ވަނީ ވެންޓިލޭޓަރުން ނަގާފައެވެ. އެހެންނަމަވެސް އެ ޒުވާނާގެ ހާލު ސީރއަސްކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.  

މި މައްސަލާގައި ފުލުހުން ރޭ ކުއްލި ނޫސްވެރިންގެ ބައްދަލުވުމެެއް ބާއްވާ އެކަން ހިނގިކަމަށް ފެންނަ ގޮތް ވަނީ ކިޔާދީފައެވެ. އަދި އެ ކުއްޖާގެ ވަނަވަރުވެސް ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް މިކަމުގައި ދެން ހިމެނޭ އެއްވެސް މީހެެއްގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި އެ އަންހެން ކުއްޖާއާއި އެކު ހުރި 21 އަހަރު އަނެއް ޒުވާނާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ނަމަވެސް މިހާތަނަށްވެސް އޭނާ ހައްޔަރުކޮށްފައެއް ނުވެއެވެ. 

މިކަމާއި ގުޅިގެން ގިނަ އަދަދެއްގެ ޒުވާނުން މަގުމައްޗަށް  ނުކުމެ އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. ޒުވާނުން އެއްވެފައިވަނީ ހެންވޭރުގައި ހުންނަ ފުލުހުންގެ އިމާރާތުގެ ކައިރިއަށެވެ. ޒުވާނުން ގޮވަމަުން ދަނީ އަންހެން ކުއްޖާއަށް އިންސާފު ހޯދާދިނުމަށެވެ. ބޮޑު މިހާ ކުޑަ މީހާ ތަފާތު ނުކޮށް މި މައްސަލާގައި ދެން ހިމެނޭ މީހުންވެސް ހައްޔަރުކޮށް އެ މީހުން ވަނަވަރުތައްވެސް ހާމަކުރަން ޒުވާނުން އަންނަނީ ގޮވަމުންނެވެ. 

ފުލުހުން ރޭ ބުނީ އެ އަންހެން ކުއްޖާ ވެއްޓިފައިވަނީ މީހެެއްގެ ބައިވެރިވުމަކުން ނޫންކަން މިހާތަނަށް ބެލި ސީސީޓީވީ ފުޓޭޖްތަކުން ދެނެގަނެވިފައިވާކަމަށެވެ. ފުލުހުން ބުނީ އަންހެން ކުއްޖާ ވެއްޓުނީ އަމިއްލައަށް ކަމަށާއި އެ ކުއްޖާ ހުރީ މަސްތުގައިކަމަށް ބެލެވޭކަމަށެވެ. 

ފުލުހުން ބުނީ އަންހެން ކުއްޖާ ވެއްޓުނީ މީހަކު ކޮށްޕާލައިގެން ނޫންކަން ތަހުގީގަށް މިހާރު ޔަގީން ކުރެވިފައިވާކަމަށެވެ.

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް