
މި ދެމަފިރިންވަނީ ދިގު މުއްދަތަކަށް ފެތުރެމުން ދިޔަ ވަރިވާނެކަމުގެ އަޑުތަކަށް ނިމުމެއް ގެނެސްދޭ ފަދަ ހިތްގައިމު ޢާއިލީ ފޮޓޯއެއް އައިޝްވާރިޔާގެ އިންސްޓާގްރާމް އެކައުންޓުން ހިއްސާކޮށްފައެވެ. މި "ސެލްފީ" ފޮޓޯގައި އެދެމަފިރިންނާއި އެދެމަފިރިންގެ ދަރިފުޅު އަރާދިޔާ، ތިބީ ހުދު ކުލައިގެ ހެދުމުގައި، އެކަތިގަނޑެއްގެ ގޮތުގައި އުފާވެރިކަން ދައްކުވައިދޭ ގޮތަށެވެ.
އައިޝްވާރިޔާ މިޕޯސްޓްގައި ކެޕްޝަންގެ ގޮތުގައި ހުދު ހިތެއްގެ އިމޯޖީއެއް ލައި ފޮޓޯއިން ވާހަކަ ދައްކުވަން ދޫކޮށްލާފައިވެއެވެ.
މިދެމަފިރިންގެ ވަރިވާނެކަމުގެ އަޑުތައް ފެށުނީ 2024 ގެ ޖުލައި މަހު އަނަންތް އަންބާނީގެ ކައިވެނީގައި އައިޝްވާރިޔާ އާއި އަރާދިޔާ ވަކިން އައުމާއެކުގައެވެ.
މިއަޑުތައް އިތުރަށް ފެތުރުނީ އަބިޝެކް ބައެއް ޢާއިލީ ހަފްލާތަކުގައި ބައިވެރިނުވުމާއި، "ދަސްވީ" ފިލްމުގެ ބައިވެރިޔާ ނިމްރަތް ކައުރާއެކު ގުޅުމެއް ބޭވިކަމުގެ ތުހުމަތުތަކާއެކުއެވެ.
މިދެމަފިރިން ވަނީ ދާދިފަހުން ޕޫނޭގައި ބޭއްވުނު ޢާއިލީ ކައިވެންޏެއްގައި "ކަޖްރާ ރޭ" އަށް ޑާންސްކުރުމާއި، އަރާދިޔާގެ ސްކޫލް އަނުއަލް ޑޭގައި ބައިވެރިވުމާއި، އޭނާގެ އުފަންދުވަސް އެކުގައި ފާހަގަކުރުން ފަދަ ކަންކަންކޮސްފައެވެ.
އައިޝްވާރިޔާގެ އެނިވާސަރީގެ ޕޯސްޓުތަކަކީ ވޭތުވެދިޔަ އެއް އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި ޢާއިލީ ފޮޓޯއެއް ނަގާފައިވާކަން ދައްކުވައިދޭ ފުރަތަމަ ފޮޓޯއެވެ.