ads
ކޮންޓްރޯލާގެ މަގުން ކުއްލިއަކަށް ވަކިކުރި ޝައްމާން
ޝަމްއާން ވަކިކުރުމަކީ އިއްތިފާގެއް ނޫން ކަމަށް އާއިލާއިން ބުނެފި
ކުއްލި ގޮތަކަށް ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްއާން ވަހީދު މަގާމުން ވަކި ކުރުމަކީ އިއްތިފާގެއް ނޫން ކަމަށް އާއިލާއިން ބުނެފިއެވެ.
Advertisement

ޝަމްއާންގެ އާއިލާއިން ބުދަ ދުވަހުގެ ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ، އިހުސާންއާ ގުޅުން އޮންނަ ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވުނުތާ 24 ގަޑިއިރު ތެރޭގައި ޝަމްއާން ހައްޔަރު ކުރިކަމަށެވެ.

އޭނާގެ އާއިލާއިން ބުނެފައިވާ ގޮތުގައި، އެ ބިދޭސީ މީހާ އިމިގްރޭޝަންގެ ބަންދަށް ގެނެވުމުން މިނިސްޓަރު އިހުސާން ޝަމްއާންއަށް ގުޅައި، އެ ބިދޭސީ މީހާގެ ފޯނު ދިވެހި ފުލުހުންގެ ހިދުމަތުގެ ވަކި ފުލުހަކާ ހަވާލު ކުރުމަށް އަންގާފައިވާ ކަމަށެވެ. އެހެނަސް، އެކަން ކުރެވޭނީ ރަސްމީކޮށް ނޯޓަކުން އެދިގެން ކަމަށް ޝަމްއާން ދެންނެވުމުން، އަޑުގަދަކޮށް ހަޅޭލެވުމަށްފަހު އިހުސާން ފޯނު ބޭއްވި ކަމަށް އާއިލާއިން ބުންޏެވެ. މިގޮތަށް މި ހާދިސާ ހިނގި ދުވަސްވަރު ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރު އިހުސާން "އެމީހާއަކީ ވެރިއެއްތޯ ގެރިއެއްތޯ އަޅުގަނޑުމެން ނުބަލަން" މިފަދައިން ބުނެ ނުސީދާކޮށް ޝަމްއާންއަށް ނިސްބަތްކޮށް ވާހަކަ ދެއްކި ކަމަށް ވެސް އާއިލާއިން ބުންޏެވެ.

ޝަމްއާންގެ އާއިލާއިން އިތުރަށް ބުނެފައިވަނީ، ޝަމްއާން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ ހަގީގަތާ ހިލާފު ދޮގު ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ސައްހަ ނޫން ހެކިތަކެއް ވުޖޫދުކޮށްގެން ކަމަށެވެ. އަދި މިއީ އިހުސާން ޝަމްއާންއަށް އޮތް ޒާތީ އަދި ސިޔާސީ ހަސަދަވެރިކަމެއްގެ ސަބަބުން ހިންގި ކަމެއް ކަމުގައި އާއިލާއިން ދެކޭކަމަށް ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް