
ފުލުހުން އަތުލާފައިވާ މަސްތުވާތަކެތި
މަސްތުވާތަކެއްޗާއެކު ދެ ލޯބިވެރިން ހައްޔަރުކޮށްފި
އަހުމަދު ހަސަން
24 އޭޕްރީލް 2025 - 08:02:23
މަސްތުވާތަކެއްޗާއެކު މާލޭން، ދެ ލޯބިވެރިން ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެއްޗާއެކު މާލޭން ހައްޔަރު ކުރި ދެ ލޯބިވެރިންނަކީ، ޏ. ފުވައްމަލުކު މިސްކިތްމަގު، ކުދިމާގެ ސަފިއްޔާ މުހައްމަދު އަދި އޭނާގެ ލޯބިވެރިޔާ، ސ. ހިތަދޫ އަދުނީ، އިބްރާހީމް ރަޝީދުއެވެ.
މި ދެ މީހުން ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފިރިހެން މީހާގެ ބަންދަށް 15 ދުވަސް، އަދި އަންހެން މީހާގެ ބަންދަށް ހަތް ދުވަސްވަނީ ޖަހާފައެވެ.
މި ދެ މީހުންގެ ބަންދު އަމުރުން އެނގޭ ގޮތުގައި ދެ މީހުން އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނެވެ. މަސްތުވާތަކެތި ފެނުނީ މި ދެ މީހުން ދުއްވި ސައިކަލުންނެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް