
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވެއްގައި ވަނީ މާލޭގެ ގެތަކެއް ޗެއް ކުރުމަށް ކޯޓު އަމުރެއް ހޯދާފައިވާކަމަށް ހާމަކޮށްފައެވެ.
މި ހާދިސާތަކުގައި ޖުމްލަ ތިން ގެއެއް ހިމެނޭކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން މިގެން ބުނެފައިވާއިރު، ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވަނީ، އޭނާ ދިރިއުޅުއްވާ ގެއެއްގައި ވެސް އެރޭ އެއްވުމެއް ބޭއްވިކަމަށް ވިދާޅުވެފައެވެ. އަދި އެ ހާދިސާ ހިނގި ގެއަކީ އޭނާގެ އެއްބަނޑު އެއްބަފާ ބަޔަކަށް ނިސްބަތްވާ ބަޔަކު ދިރިއުޅޭ ގެއެއްކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އެމީހުން އެރޭ އުޅުނު ގޭތަކުގެ އިތުުރުން ވެއްޓުނު އަންހެންކުއްޖާ އާއި އެކު ހުރި ރައުދު އަހްމަދު ޒިލާލް ހައްޔަރުކުރުމަށް ކޯޓް އަމުރެއް ނެރެފފައިވާކަމަށް ފުލުހުން މުއަދު ބުންޏެވެ.
އުމުރުން 21 އަހަރުގެ މި ޒުވާނާ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ. އެ ޒުވާނާ ވެންޓިލޭޓަރުގައި ބޭއްވުމަށްފަހު މިރޭ ވަނީ ވެންޓިލޭޓަރުން ނަގާފައެވެ. އެހެންނަމަވެސް އެ ޒުވާނާގެ ހާލު ސީރއަސްކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.