ads
ފުރާޅު މައްޗަށް ވެއްޓިފައި އޮތް ޒުވާނާ ފެންނަ މަންޒަރެއް
ޔުމްނު ފުރާޅަށް ވެއްޓުން: އެކުގައި އެރޭ އުޅުނު މީހުން ފުރުން މަނާކޮށްފި
މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު އާއެކު އެރޭ އުޅުނު މީހުން ފުރުން މަނާކޮށްފިއެވެ.
Advertisement

މިކަން ހާމަކުރެއްވީ ޕޮލިސް ކޮމިޝަނަރު، އަލީ ސުޖާއު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. 

އެ ޔުމްނާއާއި އޭނާއެކު އުޅުނު މީހުން އެރޭ ވަދެފައިވާ ގެތައް ވެސް ފާސްކުރަން ކޯޓު އަމުރު ވެސް މިހާރު ވަނީ ހޯދާފައެވެ. 

ވެއްޓިފައި އޮތް އަންހެންކުއްޖާއާ އެކު އެރޭ އުޅުނު ކަމަށް ބެލެވޭ މީހުން ދެނެގަނެ އެންމެންގެ ބަޔާން ނަގައި، އެ އެންމެން ފުރުން މަނާކޮށްފައިވާ ކަމަށް ސުޖާއު ވިދާޅުވިއެވެ. 

"ސީޕީ ވިދާޅުވިގޮތުގައި ކުއްޖަކު ވެއްޓިފައި އޮއްވައި ރިޕޯޓް ފުލުހުންނަށް ލިބުނީ ހުކުރު ދުވަހު 7:30 ހާއިރު. އަދި ސިފައިންގެ އެހީތެރިކަމާއެކު އެ ކުއްޖާ ހޮސްޕިޓަލަށް ގެންދެވުނީ 8:00 ހާއިރު،" ކަމަށް ސީޕީ ވިދާޅުވިއެެވެ. 

މި މައްސަލައިގައި ޔުމްނާ އާއި އެކު އެރޭ އިތުރު ބަޔަކު އޭނާ ވެއްޓުނު ގޭގައި އުޅުނުކަމަށް ފުލުހުން ބުނެއެވެ. 

އުމުރުން 21 އަހަރުގެ މި ޒުވާނާ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ. އެ ޒުވާނާ ވެންޓިލޭޓަރުގައި ބޭއްވުމަށްފަހު މިރޭ ވަނީ ވެންޓިލޭޓަރުން ނަގާފައެވެ. އެހެންނަމަވެސް އެ ޒުވާނާގެ ހާލު ސީރއަސްކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް