ads
ރައުދު
ރައުދު ހައްޔަރުކުރަން ކޯޓް އަމުރެއް ނެރެފިން : ފުލުހުން
ފުރާޅު މައްޗަށް ވެއްޓުނު އަންހެންކުއްޖާ އާއި އެކު ހުރި ރައުދު އަހްމަދު ޒިލާލް ހައްޔަރުކުރުމަށް ކޯޓް އަމުރެއް ނެރެފފައިވާކަމަށް ފުލުހުން ބުނެފިއެވެ.
Advertisement

ފުލުހުން މި މައްސަލާގައި ހިމެނޭ މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށް މައްސަލާގައި ހިމެނޭ އެކަކު ހައްޔަރުކުރަން ނިންމާފައި މިވަނީ މި ހާދިސާ ހިނގިތާ ހަފްތާއެއް ވަނިކޮށްކަމަށެވެ.

ފުލުހުން ކުރިން ބުނީ މި މައްސަލާގައި ހިމެނޭ 21 އަހަރުގެ ރައުދު އަހްމަދު ޒިލާލް ކެނެބިސްއަށް ޕޮޒިޓްވެފައިވާކަމަށެވެ. އަދި އޭނާ އަންހެން ކުއްޖާއާއި އެކު ބަދު އަހްލާގީ އަމަލުތައް ހިންގަމުން ދާތަން ފެނިފައިވާކަމަށެވެ. މީގެއިތުރުން އަންހެން ކުއްޖާ އަށް ވީނުވީއެއް ނޭނގުމުން އެކަން ރިޕޯޓް ނުކޮށް ގޮސްފައިވާކަމަށެވެ. 

މިހާރު ބާއްވަމުންދާ ޕްރެސްގައި ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީން ވިދާޅުވީ ރައުދުގެ ވާހަކަތަކުގައި ފުށުއެރުންތައް ހުރުމުން އޭނާ ހައްޔަރުކުރަން ކޯޓް އަމުރެއް މިހާރު ނެރެފައިވާކަމަށާއި އޭނާ ހައްޔަރުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި އަންހެން މީހާ ވެއްޓުނު މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމުން "ކޮރޮބޮރޭޓް ކުރުމުގައި" މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށްވެސް ނަވީން ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް