ads
ޕީނަޓް ބަޓަ ބަނާނާ ސްމޫތީ
ޕީނަޓް އެލަޖީއަށް އާ ފަރުވާއެއް
ކިންގްސް ކޮލެޖް ލަންޑަން އަދި ގައިޒް އެންޑް ސެންޓް ތޮމަސް އެންއެޗްއެސް ޓްރަސްޓްގައި ކުރިއަށް ގެންދެވުނު ކްލިނިކަލް ޓްރަޔަލްއަކުން ޕީނަޓް އެލަޖީ އޮންނަ މީހުންނަށް އާ ފަރުވާއެއްގެ އުއްމީދު ފެނިއްޖެއެވެ.
Advertisement

މި ޓްރަޔަލްގައި ބައިވެރިވި 21 ބޮޑެތި މީހުންގެ ތެރެއިން ތިންބައިކުޅަ ދެބަޔަށް ޕީނަޓް ކެއުމުގެ ގާބިލުކަން ލިބިފައިވާކަމަށް "ދަ ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިން" ގައި ޝާއިއުކުރެވިފައިވާ ދިރާސާގައި ބުނެފައިވެއެވެ. 

މި ޓްރީޓްމަންޓްގައި ވަރަށް ކުޑަ މިންވަރަކުން ފަށައިގެން (0.1 މިލިގްރާމް)  އިތުރުކޮށްގެން، ގާތްގަނޑަކަށް ޕީނަޓެއްގެ މިންވަރާ ހަމައަށް (300 މިލިގްރާމް) ބައިވެރިންނަށް ޕީނަޓް ދީފައިވެއެވެ. 

މި ޓްރަޔަލްގައި ބައިވެރިވި 37 އަހަރުގެ ސްޓީވެން ސްމިތް އަކީ މި ފަރުވާގެ ސަބަބުން ފުރާނައަށް ނުރައްކާވެދާނެ ފަދަ ހާލަތަކުން ސަލާމަތްވެފައިވާ މީހެކެވެ. 11 އަހަރު އުމުރުގައި އޭނާއަށް ދިމާވި ބިރުވެރި އެލަޖިކް ރިއެކްޝަނަކާ ހުރެ، މިހާރު މި ފަރުވާގެ ދަށުން ކޮންމެ ދުވަހަކު ހަތަރު ޕީނަޓް "ދަރުމަނެއް" ގޮތަށް ކައިގެން އުޅެއެވެ. 

މިކަމަކީ އޭނާގެ ދިރިއުޅުން ބަދަލުކޮށްލި ކަމެއް ކަމަށް ބުނެފައިވެއެވެ. ނަމަވެސް މި ދިރާސާގެ މައިގަނޑު ރިސާޗަރު، ޕްރޮފެސާ ޖޯޖް ޑޫ ޓޮއިޓް ވިދާޅުވިގޮތުގައި "މި ފަރުވާ ދޭންވާނީ ހަމައެކަނި ހޮސްޕިޓަލް ތެރޭގަ، ފަންނީ މީހެއްގެ ބެލުމުގެ ދަށުން،" ނެވެ. "ގޭގައި އަމިއްލައަށް މިފަދަ ކަމެއް ކުރަން އުޅުމަކީ އެނަފިލެކްސިސްއަށް މަގުފަހިވެ، ފުރާނައަށް ނުރައްކާވެދާނެ ކަމެކެވެ," އޭނާ ވިދާޅުވިއެވެ.

ޑިސެންސިޓައިޒޭޝަންގެ ސަބަބުން އެލަޖީގެ ނުރައްކާތެރިކަން ކުޑަވީ ނަމަވެސް، އެއީ 50 މީހުންގެ ތެރެއިން އެކަކަށް ދިމާވާ މި އެލަޖީއަކީ އެއްކޮށް ފިލުވާލުމަކީ ފަސޭހަކަމެއް ނޫންކަމަށް އޭނާ ފާހަގަކުރެއްވިއެވެ. 

ޕީނަޓް އެލަޖީ ހުންނަ ފަރާތްތަކުން މިފަދަ ޓްރީޓްމަންޓެއް ބޭނުންވާނަމަ، ސީދާ ފަންނީ މީހެއްގެ ލަފާ ހޯދުމަށް ރިސާޗަރުން އިލްތިމާސްކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް