ads
ނާންޓްސްގެ ހައި ސްކޫލެއް
ފްރާންސްގެ ނާންޓްސްގެ ހައި ސްކޫލްގައި ވަޅި ހަރައި ދަރިވަރަކު މަރާލައިފި
ފްރާންސްގެ ނާންޓްސް ސިޓީގައި ހުންނަ ހައި ސްކޫލެއްގައި ހިނގި ވަޅި ހަމަލާއެއްގައި އެއް ދަރިވަރަކު މަރުވެ، އިތުރު ތިން ދަރިވަރުން ޒަހަމްވެއްޖެއެވެ.
Advertisement

މިއަދު ހިނގި މި ހާދިސާގައި ވަޅި ހަރާފައި ވަނީ 15 އަހަރުގެ ދަރިވަރެގެ ގަޔަށްކަމަށް ފްރާންސްގެ މީޑިއާ ބީއެފްއެމްޓީވީން ރިޕޯޓު ކޮށްފައިވެއެވެ.

ހަމަލާ ދިން ދަރިވަރު ދެކުނު ބަންދުގައި ބަހައްޓާފައިވާ ކަމަށާއި، މި ހާދިސާގައި ގައި ފްރާންސްގެ ހޯމް މިނިސްޓަރު ބުރޫނޯ ރިޓެއިލޯ ހާދިސާ ހިނގި ތަނަށް ޒިޔާރަތްކުރާނެ ކަމަށް ބެލެވެއެވެ. ފްރާންސްގެ ސިންޑިކެޓް ނެޝަނަލް ޑެސް ލައިސޭސް އެޓް ކޮލެޖެސް އިން ވަނީ މި ހާދިސާއާ ގުޅިގެން ފުން ހިތާމައާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ހަމަލާ ދިން ސަބަބެއް އަދި ސާފުވެފައި ނުވާ ކަމަށާއި، ހާދިސާއާ ގުޅިގެން ދޮގު މައުލޫމާތު ނުފެތުރުމަށް ފްރާންސްގެ އިދާރާތަކުން އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ. މި ހާދިސާއަކީ ފަހަކަށް އައިސް ފްރާންސްގައި ހިނގާފައިވާ ސްކޫލްތަކުގެ އަމަން އަމާންކަމަށް ބުރޫ އަރާފަދަ ހާދިސާތަކުގެ ތެރެއިން އެއް ހާދިސާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް