ads
މިދިޔަ ހުކުރު ދުވަހު އިމާރާތެއްގެ ފުރާޅުމައްޗަށް ވެއްޓުނު 21 އަހަރުގެ ހައްވާ ޔުމްނު ހިމެނޭ ވީޑިއޯ ފުލުހުން އާންމުކުރި
ޔުމްނު ހިމެނޭހެން ހަތް މީހެއްގެ ފޯނު ފުލުހުން ހިފަހައްޓައިފި
މިދިޔަ ހުކުރު ދުވަހު އިމާރާތެއްގެ ފުރާޅުމައްޗަށް ވެއްޓުނު 21 އަހަރުގެ ހައްވާ ޔުމްނު ހިމެނޭގޮތަށް 7 މީހެއްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
Advertisement

މިމައްސަލައިގައި ގ. އެރިއަދޫގެ 21 އަހަރުގެ ރައުދު އަހުމަދު ޒިލާލް މިރޭ 6:20 ގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ރައުދު ހައްޔަރުކޮށްފައިވަނީ މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ނުދިނުމުން ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލައާ ގުޅިގެން މާންދޫގެ ދެކުނުގެ ޓެރެސް އާއި ދެވަނަ އަދި ހަތަރުވަނަ ފަންގިފިލާގެ އިތުރުން ކަށިވެލިގޭގެ ތިންވަނަ ފަންގިފިލާ ބަލައި ފާސްކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ރައުދު މީގެ ކުރިންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އޭނާ ނަގާފައިވާ ޔޫރީން ސާމްޕަލްއިން ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، ރައުދުގެ އަތުން މަސްތުވާތަކެތި ފެނިފައިނުވާތީ އޭނާ ދޫކޮށްލި ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވިއެވެ.

ހައްވާ ޔުމްނު ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނީ މިދިޔަ ހުކުރު ދުވަހު ހެނދުނުކަމަށާއި، އޭނާގެ ހާލު ދެރަވެގެން ޖެހިގެން އައި ދުވަހު ވެންޓިލޭޓަރަށް ލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

މައްސަލައިގެ ތަހުގީގަށް ފުލުހުން ބުނެފައިވަނީ އަނިޔާވި ޔުމްނު ހިމެނޭހެން 8 މީހުން (ތިން އަންހެނުން، ފަސް ފިރިހެނުން) މާލޭގެ މެދުގައި ހުރި ގެއަކަށް ގޮސް، ފަހުން އެތަނުން ނުކުމެ ހެންވޭރުގައި ހުންނަ އަނެއް ގެއަކަށް ދިޔަ ކަމަށެވެ. މި މައްސަލާގައި ފުލުހުން ވަނީ ޔުމްނު އާއެކު އެރޭ އުޅުނު ކަމަށް ބެލެވޭ މީހުން ދެނެގަނެ، އެ މީހުންގެ ފުރުންވެސް މަނާކޮށްފައެވެ.

ޔުމްނު "ރޭޕް" ކުރި ކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށްފައިވީ ނަމަވެސް، ޖިންސީ ގޯނާއެއް ކޮށްފައިވޭތޯ ބެލުމަށް ހެދި ޓެސްޓުތަކުގެ ނަތީޖާ އަދި ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް