ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް
ޔުމްނުގެ ހާދިސާއަށް އެމްޑީޕީން ޒިންމާ ނަގަން ޖެހޭނެ ކަމަށް ބުނުމުން ރައްދު ދީފީ
މިދިޔަ ހުކުރު ދުވަހު ފަތިހު ހައްވާ ޔުމްނު ރަޝީދު (21) އުސް އިމާރާތެއްގެ މަތިން ވެއްޓުނު ހާދިސާއަށް އެމްޑީޕީން ޒިންމާ ނަގަންޖެހޭ ކަމަށް ދޭހަވާ ފަދަ މޭރުމަކުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދެއްކެވި ކަމަށް ވިދާޅުވެ، އެކަމަށް ރައްދު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ރައްދު ދެއްވައިފިއެވެ.
Advertisement

ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިފަދަ ހާލަތެއްގައި އެކިއެކި ފަރާތްތަކަށް ތުހުމަތު ކުރުމުގެ ބަދަލުގައި މުހިންމީ ހާދިސާއާ ގުޅޭ ތެދު މައުލޫމާތު ހާމަކުރުން ކަމަށެވެ.

ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން، ޔުމްނު ވެއްޓުނު ހިތާމަވެރި ހާދިސާއަށް އިޝާރާތްކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ "ބިރަކާ ނުލައި މަޖާ ކުރުން" ޕްރޮމޯޓުކުރި ފަރާތްތަކުން އެކަމުގެ ޒިންމާ ނަގަންޖެހޭނެ ކަމަށެވެ.

މިއީ 2013 ވަނަ އަހަރު އެމްޑީޕީން ރިޔާސީ އިންތިހާބަށް ހުށަހެޅި ސިޔާސަތެއް ކަމަށް ފާހަގަކޮށްލެވެއެވެ. މި ސިޔާސަތަކީ އެ ޕާޓީން އޭރު "މަޖާކުރުން: ބިރަކާ ނުލާ ފޫހިފިލުވުން" ގެ ނަމުގައި ހުށަހެޅި ކުޅިވަރާއި މުނިފޫހިފިލުވުމާ ގުޅޭ ސިޔާސަތެކެވެ.

ރައީސްގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ފައްޔާޒް ވިދާޅުވެފައިވަނީ "ގައުމެއްގެ ރައީސުލްޖުމްހޫރިއްޔާގެ ބަސްމަގު، ޒުވާނުންނާއި މުޅި ގައުމުގެ ކަންބޮޑުވުމަށް ފަރުވާލެއް ނުބަހައްޓައި ޒިންމާއިން ރެކުމަށް ތިޔަ ކުރައްވާ މަސައްކަތް މި ގައުމުގެ ރައްޔިތުން ބަލައެއް ނުގަންނާނެ" ކަމަށެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ޔުމްނު ވެއްޓުނު މި ހާދިސާއަކީ ރައްޔިތުންގެ މެދުގައި ވަރަށް ބޮޑަށް ވާހަކަ ދެކެވެމުންދާ މައުޟޫއަކަށް ވެފައިވާއިރު، ސިޔާސީ ލީޑަރުންގެ ބަސްމަގުން މިފަދަ ނާޒުކު މައްސަލަތައް އިތުރަށް ފުންވަމުން ދާކަން ފާހަގަކުރެވެއެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް