ads
މިދިޔަ ހުކުރު ދުވަހު އިމާރާތެއްގެ ފުރާޅުމައްޗަށް ވެއްޓުނު 21 އަހަރުގެ ހައްވާ ޔުމްނު ހިމެނޭ ވީޑިއޯ ފުލުހުން އާންމުކުރި
ފުރާޅުމަތިން ފެނުނު ޔުމްނުއާ ދެކޮޅަށް އަބުރުގެ މައްސަލައެއް ކޯޓުގައި!
މިދިޔަ ހުކުރު ދުވަހުގެ ރޭ ފަތިހު ވަގުތެއްގައި މާލޭ ގެެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނމު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުއާ ދެކޮޅަށް އަބުރުގެ ދައުވާ އެއް ކޯޓަށް ހުށަހަޅާފައި އޮތްކަން ހާމަވެއްޖެއެވެ.
Advertisement

މިދިޔަ ހުކުރު ދުވަހުގެ ރޭ ފަތިހު މާލޭ ގެެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވަ ފެނުނު ޒުވާން އަންހެން ކުއްޖާ، ޔުމްނުގެ ހާލު ސީރިއަސްއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާ އަދިވެސް އޮތީ ހޮސްޕިޓަލުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް، ޔުމްނުއާ ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅާފައި އޮތީ މުހައްމަދު މިގްދާގު މީތާގު، މ. އެރިޒޯނާއެވެ. 

މި މައްސަލަ ކުރިއަށް ގެންދިޔުމުން ސިވިލް ކޯޓުގެ ބީ ހަތަރެއް ސެކްޝަނުގައި މި މަހުގެ 13 ވަނަ ދުވަހަށް ތާވަލުކޮށްފައިވެސް އޮތެވެ. އެއީ ޔުމްނު ވެއްޓިފައި އޮއްވާ ފެނުމުގެ ފަސް ދުވަސް ކުރިއެވެ. އެކަމަކު އެ ދުވަހު މައްސަލަ ކޯޓުގައި ހިންގި ކަމެއް ސާފެއް ނުވެއެވެ.

މި މައްސަލައިގެ ތަފްސީލް ލިބިފައި ނެތް ނަމަވެސް، ޔުމްނު ސްކޫލް ދުވަސްވަރު ކުދިންތަކެއްގެ ރޭޕުގެ މައްސަލައެއް ފަޅާއަރުވާލި ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި އެކަމާ ގުޅިގެން އެކަމުގައި ތުހުމަތުވާ ފިރިހެން މީހާ، ޔުމްނުއާ ދެކޮޅަށް ދައުވާ ކުރި ކަމަށް މީޑިއާގައި މިއަދު ހަބަރު ފެތުރުނެވެ.

ސީއެޗްއެސްސީގައި ކިޔަވަމުން ދިޔަ އުމުރުން 18 އަހަރުގެ ފިރިހެން ދަރިވަރަކު އޭނާގެ އާއިލާގެ ބައެއް މީހުން ހިމެނޭ ގޮތަށް، އުމުރުން 18 އަހަރު ނުވާ 15 ކުއްޖަކު ރޭޕްކުރި ކަމަށް ތުހުތުވާ މައްސަލައެއް 2021 ވަނަ އަހަރު ފެންމަތިވި އެވެ. 

އެ މައްސަލައިގައި އޭރު ފުލުހުންނަށް ބަޔާން ދިން މީހުންގެ ތެރޭގައި، އޭރު ސީއެޗްސީގައި ކިޔަވަމުން ދިޔަ ޔުމްނު ރަޝީދު، 21، ގ. ރަނައުރާގެއާގެ ހިމެނުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

10%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
80%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް