
މި ތުހުމަތުތައް ކޮށްފައިވަނީ ޒުވާނުން ނުކުމެ ކުރިއަށް ގެންދާ މުޒާހަރާގައެވެ.
މި ނުޒާހަރާގެ ބައިވެރިން ވަނީ މި މައްސަލައިގައި މިރޭ ފުލުހުން ހައްޔަރުކުރި 21 އަހަރުގެ ރައުދު އަހްމަދު ޒިލާލް އާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑާ ސެކްރެޓެރީ ފޯ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މަގާމުން މިއަދު ވަކިކުރި އިޒްދިޔާން މުހްއްމަދު މައުމޫންގެ ފޮޓޯއެއްގައި ކުރަހާފައެވެ.
އޭގައި ބައެއް މީހުން ވަނީ "ރޭޕިސްޓްސް" ކަމަށް ލިޔެފައެވެ. އަދި ބައެއް މީހުން ވަނީ އެ ފޯޓޯގައި އެމީހުންގެ މޫނު މަތީގައި ކަޅު މާކަރަކުން ކުރަހާފައެވެ.
ޔުމްނު މަރުވި ގޮތް ހޯދުމަށް ފުލުހުން އެކަށީގެންވާ މަސައްކަތް ނުކުރާކަމަށާއި، އޭނާއަށް އިންސާފު ނުލިބެނީސް މުޒާހަރާތައް ހުއްޓާނުލާނެކަމަށް މިއަދު މުޒާހަރާކުރާ ޒުވާނުން ވަނީ ބުނެފައެވެ. މި މައްސަލައިގައި ފިޔަވަޅު އެޅުން ލަސްވާކަމަށް ވެސް ބުނެ މުޒާހަރާގެ ބައިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ކުރާ މުޒާހަރާއަކީ ކުރިއަށްދާ މީ ދެ ވަނަ ރެއެވެ. ފުލުހުންގެ މުއައްސަސާއަށް އިތުބާރު ގެއްލިފައިވާކަމަށް ބުނެ ޒުވާނުން އަންނަނީ ފާޑުކިޔަމުންނެވެ. މީގެއިތުރުން އިހުތިޖާޖުގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އާއި ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުގެ އިސްތިއުފާއަށް ވެސް ދަނީ ގޮވާލަމުންނެވެ. މަޖީދީމަގުގެ ބޮޑު ބައެއް މިރޭ ވަނީ ޒުވާނުން ނުކުމެ ފުރަލާފައެވެ.
އަދި އެ މައްސަލައިގައި ހިމެނޭ ކަމަށް ތުހުމަތުކުރެވޭ ހަތް މީހެއްގެ ފޯނު ވެސް ހިފަހައްޓާފައިވެއެވެ.
ހާދިސާއަށް ހަ ދުވަސް ވެގެން ދިޔައިރު، މި މައްސަލައަށް ހާއްސަ ސަމާލުކަމެއް ދީގެން ތަހުގީގުކުރަން ފެށީ ސޯޝަލް މީޑިއާގައި ފުލުހުންނަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަން ފެށުމުންނެވެ.