ads
އައިޔޫއެމްގެ ދަސްވެނިވުމުގެ ހަފްލާއެއްގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ
ރައީސްއަށް މެލޭޝިޔާގެ އައިއައިޔޫއެމްގެ އޮނަރަރީ ޑޮކްޓަރޭޓްކަން ނުދޭން އެދިއްޖެ
އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވަން ނިންމާފައިވާ 'އޮނަރަރީ ޑޮކްޓަރޭޓް'ގެ ޝަރަފު ނުދިނުމަށް، އެ ޔުނިވާސިޓީން ކިޔަވާފައިވާ ދިވެހި ދަރިވަރުންގެ ޖަމްއިއްޔާ ގޮވާލައިފިއެވެ.
Advertisement

އަންނަ އާދިއްތަ ދުވަހު ރަސްމީ ދަތުރުފުޅެއްގައި ރައީސް މުއިއްޒު މެލޭޝިޔާއަށް ދަތުރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރަކީ ޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ. ރައީސް މުއިއްޒުގެ މި ދަތުރުގައި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) ޒިޔާރަތްކުރައްވާ ތަގްރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ޔުނިވާސިޓީން އޮނަރަރީ ޑޮކްޓަރޭޓްކަން ރައީސް ޑރ. މުއިއްޒަށް އަރުވަން ނިންމާފައިވާކަންވެސް ވަނީ އެނގިފައެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒަށް 'އޮނަރަރީ ޑޮކްޓަރޭޓް'ގެ ޝަރަފު ނޭރުވުމަށް ގޮވާލާ އެ ޔުނިވާސިޓީން ކިޔަވާފައިވާ ދިވެހި ދަރިވަރުންގެ ޖަމްއިއްޔާ، ރާއްޖޭގެ އަލަމްނައި ގޮފިން އެދި  ވަނީ ސިޓީއެއް ފޮނުވާފައެވެ. މި ސިޓީ ފޮނުވާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ސަސްޕެންޑް ކުރުމުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދެވެ. 

އެ ޝަރަފު އެރުވުން ދެކޮޅު ހަދާ ޔުނިވާސިޓީއަށް ސުއޫދު ފޮނުވި ސިޓީގައި ބުނެފައިވަނީ އެ ޔުނިވާސިޓީން ކިޔެވި ދިވެހި ދަރިވަރުން ކަމަށްވާ ހުސްނުއްސުއޫދު އާއި މަހާޒް އަލީ ޒާހިރު ހިމެނޭގޮތަށް ސިޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން މަގާމުން ސަސްޕެންޑްކުރިކަމަށެވެ. އަދި ފަނޑިޔާރުން ސަސްޕެންޑްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ބަލަމުން ދަނިކޮށްކަންވެސް ވަނީ ފާހަގަކުރައްވާފައެވެ. 

ފަނޑިޔާރުން މަސްއޫލިއްޔަތުތަކުން ދުރުކޮށް ރައީސް މުއިއްޒު އެޅުއްވި ފިޔަވަޅަކީ ރާއްޖޭގެ ޝަރުއީ ދާއިރާއަށް ދެއްވި ހަމަލާއެއްކަމަށްވެސް ސުއޫދު ވަނީ ފާހަގަކުރައްވާފައެވެ. އަދި އެކަން އދ. އިން ވެސް ކުށްވެރިކޮށްފައިވާކަން ފާހަގަކޮށް ރައީސް މުއިއްޒުގެ އެ ނިންމުމުގެ ސަބަބުން ރާއްޖޭގެ ޝަރުއީ ނިޒާމުގެ މިނިވަންކަމާމެދު ކަންބޮޑުވާ ދަރަޖައަށް ސުވާލު އުފެދިފައިވާކަމަށްވެސް ސުއޫދުގެ ސިޓީގައިވެެއެވެ. 

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް