
މިއި ހިތާމަވެރި ހަމަލާގައި މަރުވި 25 އިންޑިއާ އަދި ނޭޕާލީ ރައްޔިތުންނަށް އިހުތިރާމްކުރުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް އޭނާ ބުނެފައިވެއެވެ.
އޭޕްރިލް 22 ވަނަ ދުވަހު ބައިސަރަން ގަސްގަހާގެހީގެ ސަރަހައްދުގައި ދިން ޓެރަރިސްޓް ހަމަލާގައި 25 އިންޑިއާ އަދި އެއް ނޭޕާލީ ރައްޔިތަކު މަރުވެ، އަދި އެތައް ބައެއް ޒަހަމްވިއެވެ. މި ހަމަލާ ދިނީ ދަ ރެސިސްޓަންސް ފްރަންޓުންކަމަށް ބެލެވޭ އިރު، މިއީ ލަޝްކަރް-އެ-ތޮއިބާއާ ގުޅުމެއް އޮތް ހަރުކަށި ޖަމާއަތެއްކަމަށް ރިޕޯޓުތައް ބުނެއެވެ. މި ހަމަލާއަށްފަހު އަކްޝޭ ކުމާރު އަދި ޝާރުކް ހާން ފަދަ ބޮލީވުޑް ތަރިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
އަރިޖިތް ސިންހު އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ކޮންސަރޓް ކެންސަލްކުރިކަން ހާމަކޮށް ބަޔާނެއް ޝާއިޢުކޮށްފައިވެއެވެ.
އެ ބަޔާނުގައި "އިހައްތަށް ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން، އަރިޖިތް އަދި އިވެންޓް އޯގަނައިޒަރުން އާދިއްތަ ދުވަހު ޗެންނައީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންސަރޓް ކެންސަލްކުރަން ނިންމައިފި" ކަމަށް ބުނެފައިވެއެވެ.
ކޮންސެޓަށް ޓިކެޓް ހޯދާފައިވާ އެންމެން، ޓިކެޓަށް ދެއްކި ފައިސާ އަނބުރާ ލިބޭނެކަމަށާއި، އިތުރު ސުވާލުތަކަށް [email protected] އާ ކޮންޓެކްޓުކުރުމަށް އިރުޝާދު ދީފައިވެއެވެ.