ޑރ. އަބުދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލު ބުނީ އިއްޔެ އަކީ އެ ހޮސްޕިޓަލަށް ތާރީ ދުވަހެއްކަމަށެވެ. ސަބަބަކީ ފުރަތަމަ ފަހަރަށް ލެޕަރޮސްކޯޕިކް އިންގުއިނަލް ހާނިއާ ސާޖަރީއެއް ކާމިޔާބުކަމާއެކު ނިންމާފައިވާކަމަށެވެ.
މި އޮޕަރޭޝަން ޑރ. އަބުދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލު ހަދާފައިވަނީ އެ ހޮސްޕިޓަލުގައި ކުރިއަށް ގެންދާ އޮޕަރޭޝަން ޑޮކްޓަރުންގެ ހާއްސަ ކޭމްޕްގަ އެވެ. މި ކޭމްޕުގައި ހިމެނޭ ޑޮކްޓަރުންގެ ޓީމުގައި އެންމެ އިސްކޮށް ހުންނެވީ އައިޖީއެމްއެޗްގައި އޮޕަރޭޝަން ޑޮކްޓަރު އުބެއިދުﷲ އެވެ.
ކޭމްޕުގައި ހިމެނޭ ޑޮކްޓަރުން
ތިނަދޫ ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ލެޕްރޮސްކޯޕިކް ސާޖަރީ ހެދި ޓީމާއި ހޮސްޕިޓަލްގެ އިސްވެރިން
ޑރ. އަބުދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލު ކުރިއަށް ގެންދާ އޮޕަރޭޝަން ޑޮކްޓަރުންގެ ހާއްސަ ކޭމްޕް މިއަދު ނިޔަލަށް ކުރިޔަށްދާނެެެވެ.