
ބީއެމްއެލްގެ އެންމެ ރަނގަޅު މުވައްޒަފުންނަށް އަހަރީ ސްޓާފް އެވޯޑްސްގައި އިނާމު ދީފިނުން
ބީއެމްއެލްގެ އެންމެ ރަނގަޅު މުވައްޒަފުންނަށް އަހަރީ ސްޓާފް އެވޯޑްސްގައި އިނާމު ދީފި
ގުފްތަގް އަޖީރު
26 އޭޕްރީލް 2025 - 11:28:48
ބީއެމްއެލްގެ އެންމެ ރަނގަޅު މުވައްޒަފުންނަށް އަހަރީ ސްޓާފް އެވޯޑްސް ހަފްލާގައި އިނާމު ދީފިއެވެ.
މި ހަފްލާގައި ބޭންކުގެ އެކި ދާއިރާތަކުން އެންމެ ރަނގަޅު ކާމިޔާބީތައް ހޯދާފައިވާ މުވައްޒަފުންނަށް އެކި ބާވަތުގެ އިނާމު ދީފައިވާ ކަމަށް ބޭންކުން ބުންޏެވެ.
އަހަރީ ސްޓާފް އެވޯޑްސް ހަފްލާގައި އަހަރުގެ އެންމެ ރަނގަޅު މުވައްޒަފުގެ އިނާމު ލިބިފައިވަނީ ބޭންކުގެ ފައިނޭންޝަލް ޓްރާންސެކްޝަންސްގެ ޑިރެކްޓަރ ހުޒާތު އަލީއަށެވެ.
ބޭންކުގެ މުވައްޒަފުންގެ މެދުގައި ދެވޭ އެންމެ މަތީ އިނާމަކީ "އެމްޕްލޯއީ އޮފް ދަ އިޔާ" އެވޯޑެވެ.
މި އިނާމަކީ ވަޒީފާގެ ވާޖިބުތައް އަދާކުރުމުގައި ހާއްސަ ކާމިޔާބީތަކާ ހުނަރުވެރިކަން ދައްކުވާފައިވާ މުވައްޒަފުންނަށް ދެވޭ އިނާމެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް