ads
އަލީ އަބްދުއްލަތީފް
އަލީ ލަތީފު ޖޭއެސްސީން ވަކިކުރަނީ
ޖޭއެސްސީގައި ގާނޫނީ ވަކީލުން ތަމްސީލްކުރައްވާ މެންބަރު އަލީ އަބްދުއްލަތީފް ޖޭއެސްސީން ވަކިކުރުމުގެ މަސައްކަތް ފަށައިފިއެވެ.
Advertisement

ޖޭއެސްސީގައި އިންނަވާ ވަކީލު ކޮމިޝަނުން ވަކިކުރުމަށް، ވަކީލުންގެ ދަފްތަރުގައި ހިމެނޭ ވަކީލުންގެ ތެރެއިން %20 ވަކީލުން ސޮއިކޮށް ބާ ކައުންސިލަށް ހުށަހަޅަން ޖެހެއެވެ. 

އެފަދަ ޕެޓިޝަނެއް ބާ ކައުންސިލަށް ހުށަހަޅައިފިނަމަ، ޕެޓިޝަން ހުށަހެޅިތާ 14 ދުވަހުގެ ތެރޭގައި އެ މެންބަރަކު ޖޭއެސްސީން ވަކިކުރުމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހެެއެވެ. އަލީ ލަތީފާ ދެކޮޅަށް ވަކީލުން މިހާރު އަންނަނީ ޕެޓިޝަންގައި ސޮއި ކުރަމުންނެވެ.

އަލީ ލަތީފާ ދެކޮޅަށް ވަކީލުން ތެދުވީ، ގާނޫނުއަސާސީއަށް މި ފަހުން އިތުރުކުރި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކުގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ސަސްޕެންޑްކޮށް، ސުލޫކީ މައްސަލަތައް ބަލަން އެކުލަވާލި ކޮމިޓީގައި އަލީ ލަތީފު އިންނަވައި، ގާނޫނާ ހިލާފަށް އަމަލު ކުރައްވަމުންދާ ކަމުގެ ތުހުމަތު ކުރެވިފައިވަނިކޮށެވެ.

ވަކީލު އަލީ އަބްދުއްލަތީފް އާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހް އަދި ރައީސް މުހައްމަދު މުއިއްޒު ކޮމިޝަނަށް އައްޔަންކުރެއްވި ޔަޒްމީދު މުހައްމަދު ތިއްބަވާ ކޮމިޓީއަކުން ފަނޑިޔާރުންގެ މައްސަލަ ބަލަން ފެށުމުގެ ކުރިން އެ ފަނޑިޔާރުން ސަސްޕެންޑް ކުރިއެވެ. ފަނޑިޔާރުން ސަސްޕެންޑް ކުރީ، ސުޕްރީމް ކޯޓުގައި މައްސަލަ ބަލަން ފެށުން ކުޑަތަންވެފައި ވަނިކޮށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް