ads
ސީޕީ އަލީ ސުޖާއު
ސީޕީ ޝުޖާއުގެ އިސްތިއުފާ ރައީސް ގަބޫލުފުޅު ކުރައްވައިފި
ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުގެ އިސްތިއުފާ ރައީސް، ޑރ. މުހައްމަދު މުއިއްޒު ގަބޫލުފުޅު ކުރައްވައިފި އެވެ.
Advertisement

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ދެންމެ ވިދާޅުވީ، ޕޮލިސް ކޮމިޝަނަރުގެ މަގާމުން އިސްތިއުފާ ދެއްވަން ޝުޖާއު ހުށަހެޅުއްވުމުން އޭނާގެ އިސްތިއުފާ ރައީސް ޑރ. މުހައްމަދު މުއިއްޒު ގަބޫލުފުޅު ކުރައްވައިފި ކަމަށެވެ. އިތުރު ތަފުސީލެއް ތަރުޖަމާން އަދި ނުދެއްވަ އެވެ.

ޕޮލިސް ކޮމިޝަނަރުކަމުން ސުޖާއު އިސްތިއުފާ ދެއްވީ އާއިލީ ބައެއް ޒިންމާތަކުގެ އިތުރުން ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެންނެވެ.

ޕޮލިސް ކޮމިޝަނަރުކަމުން ސުޖާއު އިސްތިއުފާ ދެއްވަން ނިންމެވިއިރު، ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް މާލޭގައި މުޒާހަރާ ކުރަމުންދާ ޒުވާނުން ވަނީ އޭނާ އިސްތިއުފާ ދިނުމަށް ޑިމާންޑު ކޮށްފަ އެވެ.

ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނަވަނިކޮށް ޝުޖާއު އަށް ޕޮލިސް ކޮމިޝަނަރުކަން ދެއްވީ 25 ޑިސެމްބަރު 2023 ގަ އެވެ.

ޑެޕިއުޓީ ކޮމިޝަނަރުގެ ގޮތުގައި ފުލުހުންގެ އިދާރާގައި މިހާރު ތިއްބެވީ އިސްމާއިލް ނަވީން އަދި ފަރުހާދު ފިކުރީ އެވެ. ޕޮލިސް ކޮމިޝަނަރުގެ މަގާމުން ސުޖާއު އިސްތިއުފާ ދެއްވުމާއެކު އެ މަގާމަށް އަންނާނެ ކަމަށް ބޮޑަށް ބެލެވެނީ ޑެޕިއުޓީ ކޮމިޝަނަރު ޕޮލިސް ކޮމިޝަނަރު ފަރުހާދު ފިކުރީ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް