
ފުރާޅެއްގެ މައްޗަށް ވެއްޓުނު ޔުމްނުގެ މައްސަލައިގައި އިންސާފު ހޯދުމަށް ޒުވާނުން ކުރަމުންދާ އިހުތިޖާޖުތަކުގައި އެމްޑީޕީން ބައިވެރިވެ ސިޔާސީ މަންފާ ނަގަމުންދާ ކަމަށް ޝުޖާއު ސޯޝަލް މީޑިއާގައި ކުރެއްވި ޓްވީޓެއްގައި ފާހަގަކުރެއްވިއެވެ.
އެގޮތުން އިހުތިޖާޖު ބޭނުންކޮށްގެން "އެމްޑީޕީން ފައިސާ ވެސް ހޯދަމުންދާ" ކަމަށް ޝުޖާއު ތުހުމަތުކުރެއްވިއެވެ. މި އިހުތިޖާޖު ރާވާ ހިންގާ ޒުވާނުން މިކަމަށް ސަމާލުވުމަށް ޝުޖާއު ގޮވާލެއްވިއެވެ.
ޔުމްނު ވެއްޓުން:
ޔުމްނު ވެއްޓުނުތާ ހަފްތާއެއްވެފައި ވަނިކޮށް އިތުރު ފަރުވާއަށް އޭނާ މެލޭޝިއާއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
ޔުމްނުއާ ބެހޭގޮތުން "ފާޅުގައި ދޮގުހަދައި އޮޅުވާލަމުން" އަންނަކަމަށްވެސް އޭނާގެ އާއިލާއިން ތުހުމަތުކުއެވެ.
ޔުމްނު ވެއްޓުނު މައްސަލާގައި އޭނާއާއެކު އެރޭ އުޅުނު ރައުދު އަހްމަދު ޒިލާލް ހައްޔަރުކޮށް ކޯޓަށް ގެންގޮސް 5 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައެވެ. ފުލުހުން ގިނަ ތުހުމަތުތަކެއް ކޮށްފައިވާއިރު، އޭގެތެރޭގައި ޔުމްނު ވެއްޓުމުގައި ބައިވެރިވުން ވެސް ހިމެނެއެވެ.
ޔުމްނު ވެއްޓުނު ހާދިސާ އާއި ގުޅިގެން 9 މީހެއްގެ ފޯނު ހިފަހަށްޓައި އެ މައްސަލައިގައި 'ޕާސަން އޮފް އިންޓަރެސްޓު' ގެ ގޮތުގައި ވެސް ބެލެވޭ 8 މީހެއްގެ ވަނަވަރު ފުލުހުން އާންމުކޮށްފައިވެއެވެ. މި މައްސަލައިގައި ހިމެނޭ 9 ވަނަ މީހަކީ ޔުމްނުއެވެ.
މި މައްސަލައިގައި ޔުމްނުގެ އާއިލާ މީހުންނާއި ޒުވަނުން މާލޭގައި އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ވެސް ކުރަމުންނެވެ.