ads
މިނިސްޓަރު މުއްތަލިބް
ކުށުގެ ހާއްޔަކަށް ވެފައިވާ ސަލްޓަން ޕާކު: ހައްލުކުރާނެކަމުގެ ޔަގީންކަން މިނިސްޓަރު ދީފި
ކުށުގެ ހާއްޔަކަށް ބަދަލުވެފައިވާ ސަލްޓަން ޕާކު އަލުން ތަރައްގީކޮށް، ލަސްތަކެއް ނުވެ މަސައްކަތް ފެށޭނެކަމަށް ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްޓަލިބު ވިދާޅުވެއްޖެއެވެ.
Advertisement

ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި ހުރުމުގެ ސަބަބުން ވީރާނާވެ ކުށްކުރާ ފަރާތްތަކުގެ ހާއްޔަކަށް ބަދަލުވެފައިވާ ސަލްޓަން ޕާކު އަލުން ތަރައްގީކުރުމަށްޓަކައި ޕާކު ސާފުކޮށް، ތަރައްގީކުރުމަށް ބޭނުންވާ ޕްލޭންތައް ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށް މިނިސްޓަރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިރޭ ވިދާޅުވިއެވެ.

މިނިސްޓަރު މުއްޓަލިބު ވިދާޅުވިގޮތުގައި ޕާކުގެ ކުރެހުމެއް ނެތުމުން ޕާކު ސާވޭ ކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ. އަދި ޕާކު ތަރައްގީކުރުމުގެ ޕްލޭން ފައިނަލްކޮށް، ތަރައްގީކުރުމުގެ މަސައްކަތް ލަސްތަކެއް ނުވެ، ވަރަށް އަވަހަށް ފެށޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ފާހަގަކޮށްލެވޭ ކަމަކީ ޕާކު އަލުން ތަރައްގީކޮށް، އާންމުންނަށް ހުޅުވާލުމަށްޓަކައި މާލެ ސިޓީ ކައުންސިލްގެ ދަށުން ޕާކު ނަގައި، ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓްރީގެ ދަށަށް ބަދަލުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 19ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްހަމަޖައްސާލަން ޒިޔާރަތްކުރެވޭނެ ތަނެއްގެ ގޮތުގައި އޭގެ އެންމެ ފުރިހަމަ ބޭނުން ހިފޭ ގޮތަށް ސަލްޓަން ޕާކާއި ރަސްފަންނު ތަރައްގީކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އާއިލާތަކަށް ހިތްފަސޭހަކަމާއި އުފާވެރިކަމާއެކު ވަގުތު ހޭދަކުރެވޭނެ ފަދަ މާހައުލުތައް ގާއިމުކޮށްދިނުމަކީ ރައީސް މުއިއްޒު ހާއްސަ އަހަންމިއްޔަތުކަމެއްދެއްވާ ކަމެއްކަމަށާއި، މާލޭގެ އިތުރުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކުޑަކުދިންގެ ޕާކެއް ތަރައްގީކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް