
މިއަދު ހިނގި މި ހާދިސާއަކީ ކެމިކަލް ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށް ރިޕޯޓުތަކުން ދައްކައެވެ. މިސައިލް ފިއުލްގައި ބޭނުންކުރާ ސޯޑިއަމް ޕަރކްލޮރޭޓް ކަމަށް ބެލެވޭ މާއްދާއެއް ރައްކާކުރުމުގައި އިހުމާލުވުމުން މި ހާދިސާ ހިނގާފައިވާ ކަމަށް ބެލެވެއެވެ.
މި ގޮވުމުގެ ސަބަބުން އެތައް ކިލޯމީޓަރެއް ދުރަށް ބިއްލޫރިތައް ބުރައިގެން ގޮސްފައިވާއިރު، ބޮޑު ކަޅު ދުން ގަނޑެއް ވެސް އެ ސަރަހައްދުގައި އުފެދިފައިވެއެވެ.
ބަނދަރުގެ މަސައްކަތްތައް ވަގުތީ ގޮތުން ވަނީ ހުއްޓާލާފައެވެ. ހާދިސާއާ ގުޅިގެން ތަހުގީގެއް ފެށިފައިވާ ކަމަށް އީރާނުގެ އޮފިޝަލުން ބުނެފައިވެއެވެ. ޒަހަމްވި މީހުން ހޮސްޕިޓަލްތަކުގައި ފަރުވާދެމުން ދާއިރު، އަލިފާން ނިއްވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
އީރާނުގެ ރައީސް މަސޫދް ޕެޒެޝްކިއަން މި ހާދިސާއާ ގުޅިގެން ތަހުގީގެއް ހިންގުމަށް އަމުރުކުރައްވާފައިވެއެވެ. މި ހަަމަލާގައި އެހެން ގައުމެއްގެ އަތްއޮތް ކަމުގެ ވާހަކަތައް ދޮގުކޮށްފައިވެއެވެ.
ޝަހީދު ރަޖާއީ ބަނދަރަކީ އީރާނުގެ އެންމެ ބޮޑު ވިޔަފާރި ބަނދަރެވެ. އަހަރަކު 80 މިލިއަން ޓަނުގެ މުދާ އެތަނަށް އެތެރެކުރެއެވެ މި ހާދިސާ ހިނގާފައިވަނީ އީރާނާއި އެމެރިކާއާ ދެމެދު އޮމާނުގައި ނިއުކްލިއާ މަޝްވަރާތައް ކުރިއަށްދަނިކޮށް ކަން ފާހަގަކުރެވެއެވެ.