ads
ޔުމްނު އިތުރު ފަރުވާއަށް މެލޭޝިއާއަށް ފޮނުވަނީ:
ޔުމްނުގެ ފަރުވާއަށް އެންސްޕާއިން 25,000 ޑޮލަރު ދީފި
ގުދަނެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި މިމަހު 18 ވަނަ ދުވަހު ފެނުނު ހައްވާ ޔުމްނު ރަޝީދުގެ ފަރުވާއަށް ބޭނުންވާ ފައިސާގެ ތެރެއިން 25,000 ޑޮލަރު އެންސްޕާ ފަންޑު މެދުވެރިކޮށް ހަމަޖައްސައިދީފިއެވެ.
Advertisement

މިއީ ދިވެހި ރުފިޔާއިން 385,500 ރުފިޔާއެވެ. ޔުމްނުގެ ބޭސްފަރުވާއާ ގުޅިގެން އެންސްޕާއިން ފޯރުކޮށްދީފައިވަނީ 12 މީހުންގެ ޓިކެޓާއި އިތުރަށް ބޭނުންވާ ފައިސާއެވެ.

ޔުމްނު ވަނީ އިތުރު ފަރުވާއަށް މިރޭ މެލޭޝިއާއަށް ގެންގޮސްފައެވެ.

ޔުމްނު ފެނުނީ ގުދަނެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައެވެ. ޔުމްނުގެ ބޭސްފަރުވާއަށް ގިނަ އަދަދެއްގެ ފައިސާ ބޭނުންވާތީ، މިއަދު ޓިކްޓޮކްގައި ފަންޑްރައިޒިން ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ހަރަކާތަކީ ޝެހެނާޒް މޫސާ އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ޓިކްޓޮކް ހަރަކާތުގެ ތެރެއިން މިހާތަނަށް 565,501.21 ރުފިޔާ އަދި 11,015.95 ޑޮލަރު ހޯދިފައިވާއިރު، މުޅި ޖުމުލަ 735,367.16 ރުފިޔާ ހޯދިފައިވެއެވެ. މި ހަރަކާތާ ގުޅޭގޮތުން ޝެހެނާޒް މޫސާ ބުނީ މިއީ އޭނާ އިސްނަގައިގެން ކުރިއަށް ގެންދިޔަ މަސައްކަތެއް ނަމަވެސް، ރައްޔިތުންގެ މަސައްކަތް ކަމަށެވެ.

25%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް