މިހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ. މި ހާދިސާގައި ވޭނުގެ ދެ ފުރޮޅު ވަނީ މަޖީދީ މަގުގައިކޮނެފައި ވެލި އަޅާފައި ހުރި ކަމަށް ބެލެވޭ ސަރަހައްދަކަށް ގަނަބައިގަނެފައެވެ.
އެ ސަރަހައްދަކީ މީގެ ދެތިން ދުވަސް ކުރިން ކޭބަލެއް އެޅުމަށް ކޮނުމަށްފަހު ވެލި އަޅާފައި ހުރި ސަރަހައްދެކެވެ. މި ސަރަހައްދަށް ވޭން ގަނަބައިގަތް އިރު ރޭ މެންދަމު ވަނީ މާލެއަށް ބޯކޮށް ވާރޭ ވެހި ފެން ވެސް ކޮންމެވެސް ވަރަކަށް ބޮޑުވެފައެވެ.
ވޭން ގަނައިގަތް ސަރަހައްދުގައި އޮތީ ކޮނުމަށްފަހު ވެލިވެސް ނާޅައެވެ. ފުލުހުން އަންނަނީ ފޯކް ލިފްޓެއްގެ އެހީގައި ވޭން ނެގުމަށް މަސައްކަތް ކުރަމުންނެވެ.
މި ހާދިސާހައި އެވެސް މީހަކަށް އަނިޔާއެއް ލިބުނުކަމަށް އަދި މައުލޫމާތެއް ނުލިބެއެވެ.