ads
އެންޑީއޭ
ޕާޓީކުރާ މީހުންނާއި ބޮއެގެން މަގުމަތީ އުޅޭ މީހުން އަންގަން އެންޑީއޭއިން އެދިއްޖެ
ޕާޓީކުރާ މީހުންނާއި ބޮއެގެން މަގުމަތީ އުޅޭ މީހުންގެ މައުލޫމާތު އަންގަން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އެދިއްޖެއެވެ.
Advertisement

އެންޑީއޭއިން ބުނީ ޕާޓީ ޑްރަގު ނުވަތަ ޕާޓީ ޑްރަގުގެ މާއްދާތަކާއި ބަނގުރަލާއި އެނޫންވެސް މަސްތުވާ އެއްޗެހި ބޭނުންކުރަމުން ދާއިރު ރާއްޖޭގައި މިކަން ފެތުރިގެން ގޮސްފައިވަނީ ރައްކާތެރި އެއްޗެއްކަމަށް ދެކިގެން ކަމަށެވެ. އެހެންނަމަވެސް މީ ފުރާނައަށް ގެެއްލުން ދިނުމުގެ ފުރުސަތު އޮތް ތަކެތިކަމަށެވެ.  

އެންޑީއޭ އިން ބުނެފައިވާ ގޮތުގައި މަސްތުވާތަކެތި ބޭނުންކުރުމަކީ ޖިނާއީ ކުށެއްގެ އިތުރުން ސިއްހަތަށް ނުހަނު ގެއްލުން ހުރި އަދި ފުރާނައަށް ނުރައްކާވެދާނެ ކަމެއްކަމަށެވެ. ޕާޓީ ޑްރަގްސް އާއި އެހެނިހެން މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ނުރައްކާތެރި ބަލިތައް ފެތުރުމުގެ ފުރުސަތު އޮތްކަމަށް ވެސް އޭޖެންސީން ފާހަގަކޮށްފައިވެއެވެ.

މި މައްސަލަ ހައްލުކުރުމަށް އާންމުންގެ އެހީތެރިކަމަށް އެންޑީއޭ އިން އެދިފައިވެއެވެ. އެގޮތުން ޕާޓީ ކުރުމާއި، މަސްތުގެ ހާލަތުގައި ތިބޭ ފަރާތްތައް މަގުމަތީގައި ފެނިއްޖެނަމަ ނޭޝަނަލް އިމަޖެންސީ ނަންބަރު 911 އަށް ނުވަތަ އެންޑީއޭގެ ހޮޓްލައިން 1410 އަށް ގުޅައި ރިޕޯޓުކުރުމަށް އެޖެންސީން އެދިފައިވެއެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް