ads
މިނިސްޓަރު އަމީން
ޔުމްނު ވެއްޓުނު ރޭ މިނިސްޓަރު އަމީން ރާއްޖެއަކު ނޫޅުއްވާ
ބުރުޒުމަގުގައި ހުންނަ ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ރޭ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ރާއްޖޭގައި ނޫޅުއްވާކަން އެނގިއްޖެއެވެ.
Advertisement

ހައްވާ ޔުމްނު ވެއްޓުނު ރޭ އޭނާއާއި އެކު އުޅުނު ކުދިން ފުރަތަމަ ޕާޓީކުރީ މިނިސްޓަރު އަމީން ދިރިއުޅޭގެ، ގ. މާންދޫގޭ ދެކުނުބައިގައެވެ. އެއާއި އެކު މި ހާދިސާއާއި މިނިސްޓަރު އަމީނާއި ގުޅުވާ އެކު ވާހަކަތައް އަންނަނީ ފެތުރެމުންނެވެ. 

އެހެންނަމަވެސް 21 އަހަރުގެ ޔުމްނު ވެއްޓުނު ރޭ އަމީން ރާއްޖޭގައި ވަޑައިގެން ނޫޅުއްވާކަން ވަނީ އެނގިފައެވެ. އެ ހާދިސާ ހިނގި ރޭ އަމީން ގެންދެީ ދޯހާއިން ރާއްޖެއަށް ވައިގެމަގުން ދަތުރުކުރައްވަމުންނެވެ. އަމީން ގަތަރުގެ ވެރިރަށް ދޯހާއަށް ވަޑައިގަތީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ ފެސިލިޓޭޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށެވެ. އެ ކޮންފަރެންސްގައި އަމީން ވަނީ ތަގްރީރުވެސް ކުރައްވާފައެވެ. 

އެނގިފައިވާ ގޮތުން ޔުމްނު ވެއްޓުނު ރޭ އަމީން އިންނެވީ ގަތަރު އެއާވޭސްގެ ފްލައިޓު "QR676" ގައެވެ. އެ ފްލައިޓް ރާއްޖެއަށް ޖައްސާފައިވަނީ އެދުވަހު ހެނދުނު 08:30 ގައެވެ. އެއީ ޔުމްނު ވެއްޓިފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓްކުރިކަމަށް އެ އިދާރާއިން ބުނާ ވަގުތައް ވުރެ ގާތްގަޑަކަށް ގަޑިއިރެއްހާއިރު ފަހެވެ.  

ޔުމްނު ވެއްޓުނު މައްސަލާގައި ތަހުގީގަށް މިނިސްޓަރު އަމީންގެ އެއްވެސް ވަރެއްގެ ނުފޫޒެއް ނުފޯރުވާކަމަށް ކުރީގެ ކޮމިޝަަރު އަލީ ޝުޖާއު ވިދާޅުވިއެވެ. އެހެންނަމަވެސް އަލީ ޝުޖާއި އެހެން ވިދާޅުވި ޕްރެސްގައި އަމީން އޭނާއަށް ގުޅުއްވަމުން ދިޔަކަން ވަނީ ފަޅާއަރާފައެވެ. 

ޔުމްނުގެ ވެއްޓުނު މައްސަލާގައި ޒުވާނުން ކުރަމުން އަންނަ މުޒާހަރާގައި މިނިސްޓަރު އަމީންގެ އިސްތިއުފާއަށް ޒުވާނުން އަންނަނީ ގޮވަމުންނެވެ. އެހެންނަމަވެސް މިނިސްޓަރު އަމީން ވިދާޅުވީ ޒުވާނުން އިސްތިއުފާއަށް ގޮވި ނަމަވެސް އިސްތިއުފާދެއްވަންޖެހޭކަށް ގަބޫލު ނުކުރައްވާކަމަށެވެ. ސަބަބެއް ކަމަށް އަމީން ވިދާޅުވި ޔުމްނު ވެއްޓުނު މައްސަލައާއި ގުޅުމެއް ނުވާކަމަށާއި އެކަމާއި ގުޅިގެން ހިނގާފައިވާ އެއްވެސް ކަމަކާއި ގުޅުމެއް ނުވާތީކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް