
ރިޕޯޓުތައް ބުނާގޮތުން ޓެރަރިސްޓު ޖަމާއަތު ލަޝްކަރ-އެ-ޓައިބާގެ އިސް ކޮމާންޑަރު އަލްތާފް ލާލީ މަރާލާފައިވަނީ ވަރަށް ފަހުން ދިން ހަމަލައެއްގައި 26 މީހުން މަރާލުމާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ޓެރަރިސްޓުންނާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއް ކަމަށް އިންޑިއާ ސެކިއުރިޓީ ފޯސްއިން ބުނެފައިވެއެވެ.
އިންޑިއާ ސިފައިންނާއި ޖައްމޫ-ކަޝްމީރު ފުލުހުން ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ޓެރަރިސްޓުންނާ ދެމެދު ހިނގި ހަނގުރާމައިގައި ފުލުހުންގެ ދެ އޮފިސަރަކަށް އަނިޔާވެފައިވާ ކަމަށް އިންޑިއާ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
އޮޕަރޭޝަން ހިންގި ސަރަހައްދުން ހަތިޔާރާއި ލިޔެކިޔުންތައް ހޯދިފައިވާ ކަމަށް ސެކިއުރިޓީ ފޯސްއިން ބުނެފައިވެއެވެ.
އިންޑިއާއިން ޕަހަލްގާމް ހަމަލާގެ މައި ރޭވުންތެރިޔާ ކަމަށް ބުނާ ސައިފުﷲ ކަސޫރީ އަދި ވެސް ހޯދަމުންދާ ކަމަށް އިންޑިއާ އޮތޯރިޓީތަކުން ބުނެފައިވެއެވެ.
މި އޮޕަރޭޝަނަކީ ލަޝްކަރޭ-އެ-ޓޮއިބާގެ ނެޓްވޯކް ނައްތާލުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް ބެލެވެއެވެ. އިންޑިއާއިން ޕާކިސްތާނަށް ޓެރަރިޒަމަށް އެހީތެރިވާ ކަމަށް ތުހުމަތުކުރާއިރު، ޕާކިސްތާނުން އެ ތުހުމަތުތަކާ ދެކޮޅު ހަދައެވެ.