ads
ދިވެހި ޕާސްޕޯޓު - ފޮޓޯ: ރާއްޖެ އެމްވީ
މެލޭޝިއާގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑު ހެދުމުގެ ހިދުމަތް ގާއިމުކުރަނީ
މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ޕާސްޕޯޓާއި އައިޑީކާޑު ހަދައިދިނުމުގެ ހިދުމަތް ގާއިމުކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް މިކަން ހާމަކުރެއްވީ ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާއަށް ފުރާވަޑައިގަތުމުގެ ކުރިން ދައުލަތުގެ މީޑިއާ މެދުވެރިކޮށެވެ. 

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ކަންކަން ފަހިކޮށްދިނުމުގެ ގޮތުން، އެތަނުގައި ތިބެގެން ޕާސްޕޯޓާއި އައިޑީކާޑު ޕްރިންޓްކޮށްދިނުމުގެ ހިދުމަތް ފޯރުކޮށްދެވޭނެ މަގު ފަހިކުރުމަށް މަސައްކަތްކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިދަތުރުފުޅުގައި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި، އެފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށް މަޝްވަރާކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅުގެ އަމާޒަކީ ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރެއްވުމާއި، މުހިންމު ދާއިރާތަކުން އެއްބާރުލުންދިނުމާ ގުޅުންހުރި ފަހުމުނާމާތަކުގައި ސޮއިކުރެއްވުންކަމަށް ސަރުކާރުގެ އޮފީހުން ބުނީއެވެ. މީގެއިތުރުން ރާއްޖޭގައި އިންވެސްޓްކުރެވެންހުރި ދާއިރާތަކުގެ މައުލޫމާތު މެލޭޝިއާގެ އިންވެސްޓަރުންނަށް މިދަތުރުފުޅުގެ ތެރެއިން ފޯރުކޮށްދެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް