ads
ޒާރާ ގެ އިސްތަށިގަނޑު ބުޅިކޮށް އަދި މެދުގައި ޒާރާގެ އާލުކް.
ޒާރާގެ އިސްތަށިގަނޑު ބުޅިކޮށް ހުންނަން 76 ޕަސަންޓު މީހުން ބޭނުންވޭ
ދ. މީދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސިޔާމް މުހައްމަދާ އަނބިކަނބަލުން ބ. ކަމަދޫގެ އާމިނަތު ޒާރާ އޭނާގެ ބޯ ފަން ކުރުމަށްފަހު އިންސްޓަގްރާމްގައި ނެގި ޕޯލަކުން ގިނަ ބަޔަކު ބުނެފައިވަނީ އޭނާގެ އިސްތަށިގަނޑު ބުޅިކޮށް ހުންނަން ބޭނުންވާކަމަށެވެ.
Advertisement

ޒާރާ ނެގި ޕޯލަށް ވޯޓުދިން މީހުންގެ ތެރެއިން 76 ޕަސަންޓު މީހުން ވަނީ ޒާރާގެ އިސްތަށިގަނޑު ބުޅިކޮށް ހުންނަން ބޭނުންވާކަމަށް ބުނެފައެވެ. އަދި 24 ޕަސަންޓު މީހުން ބުނެފައިވަނީ މިހާރު ޒާރާގެ އިސްތަށިގަނޑު ހުރި ގޮތް ރީތިކަމަށެވެ.

"އަލުން ބޯ ބުޅިކުރަންތާ މިޖެހުނީ،" ޕޯލްގެ ނަތީޖާއާއި ގުޅިގެން މަޖާޒީ ރާގަކަށް ޒާރާ ބުންޏެވެ.

ޒާރާ މިދިޔަ އަހަރު ސަން ސިޔާމް ރިސޯޓްސްގެ ވެރިޔާ އަދި ދ. މީދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސިޔާމް މުހައްމަދާ ކައިވެނިކުރީ އުމުރުން 23 އަހަރުގައެވެ. 55 އަހަރުގެ ސިޔާމާއި ޒާރާގެ ކައިވެނީގެ ހަފްލާ ބޭއްވީ މާލެ އަތޮޅުގައި ސިޔާމް ހިންގަވަމުން ގެންދަވާ އޮޅުވެލި ރިސޯޓުގައެވެ. މީގެ އިތުރުން ދެވަނަ ހަފްލާއެއް ވަނީ ޒާރާގެ އުފަންރަށް ކަމަދޫގައި ބާއްވާފައެވެ.

ކަމަދޫގައި ބޭއްވި ހަފްލާއަށް އެރަށުގެ ހުރިހާ ރައްޔިތުންނަށް ދައުވަތު ދީފައިވާއިރު، އެހަފްލާ ބޭއްވީ ރަށުގެ ބީޗް ސަރަހައްދުގައެވެ. ހަފްލާއަށް ސިޔާމާއި ޒާރާ ކަމަދޫއަށް ދިޔުމުން ރަށު ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. ހަފްލާ ބޭއްވި ސަރަހައްދު ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައިވާއިރު ބޮޑު ކޭކެއްވެސް ވަނީ ފަޅާފައެވެ. މީގެ އިތުރުން ހަފްލާގެ ކުރިން ކަމަދޫގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ރޮބޯމޭންގެ ހަރަކާތްތަކެއްވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

29%
ކަމުގޮސްފި
12%
އަޑުއެހިތާ މިހުރީ
53%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް