ads
ރައީސް ޔާމިން އަދި ނަރީޝް: ފޮޓޯ ބޮންތި
ރައީސް ޔާމިންގެ އަޑުއެހުން މިއަދު ތާފަލުކޮށްފައި އޮއްވާ ދިފާއީ ހެކިން ފުރައިގެން ގޮސްފި
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން، މަގާމުގެ ނުފޫޒު ބޭނުންކޮށް ރިޝްވަތު ނެގި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ ހެކިބަސް ނެގުން ހޯމަ ދުވަހަށް ތާވަލުކޮށްފައި އޮއްވާ ދިފާއީ ހެކިން ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފިކަމަށް ރިޕޯޓުތައް ބުނެފިއެވެ.
Advertisement

ހެކިބަސް ދޭން ތިބި އެޑްވައިޒާ ޓު ޔޫތް މިނިސްޓަރު އަހުމަދު ނަރީޝްއާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ ޝުއާއުﷲ ސައީދު ވަނީ ހެކިބަސް ނުދޭން ނިންމައިފައިވާކަމަށް ރާއްޖެ ޓީވީން ވަނީ ރިޕޯޓުކޮށްފައެެވެ. 

މި މައްސަލައިގެ އެންމެ ފަހު އަޑުއެހުން ބޭއްވިފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އެއީ މައްސަލަ ކުރިއަށް ނުގޮސް އޮންނަތާ އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ބޭއްވި އަޑުއެހުމެކެވެ. ފުއްގިރި މައްސަލައިގައި ކްރިމިނަލް ކޯޓުން ރައީސް ޔާމިންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް 2022 ވަނަ އަހަރު އިއްވާފައިވާއިރު، ހައި ކޯޓުން އެ މައްސަލަ ބެލުމަށްފަހު ނިންމާފައިވަނީ ކްރިމިނަލް ކޯޓުން އެ މައްސަލަ އަލުން ބަލަން ޖެހޭ ކަމަށެވެ.

އަދި މިހާރު އެ ދެމީހުން ތިބީ ރާއްޖެއިން ބޭރުގައިކަމަށް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ހައި ކޯޓުން މި މައްސަލައިގައި ކުރި ހުކުމުގެ ބައެއް ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފްކޮށްފައެވެ.

އިސްތިއުނާފްކޮށްފައިވަނީ ރައީސް ޔާމިންގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާތައް ސާބިތު ކުރުމަށް ކްރިމިނަލް ކޯޓުގައި ދައުލަތުން ހުށަހަޅާފައިވާ ހެކިތައް އެއްފަރާތް ކޮށްފައިވާތީ އެ ބައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް