ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ގުޅިފަޅުން ހިއްކަން ކަނޑައެޅި ސަރަހައްދު އެއްކޮށް ހިއްކާ ނިންމާފައި.-- ފޮޓޯ: މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓަކްޗާ
ގުޅިފަޅުން ގޯތި ލިބުނު މީހުންގެ ރަޖިސްޓްރީ އަންނަމަހު ހަވާލުކުރަން ފަށަނީ
ގުޅިފަޅުން ގޯތި ލިބުނު މީހުންގެ ރަޖިސްޓްރީ އަންނަ މަހު ހަވާލުކުރަން ފަށާނެކަމަށް ހައުސިން މިނިސްޓަރު ޑރ. އްބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
Advertisement

މިދިޔަ ސަރުކާރުން ގުޅިފަޅުން ގޯތިދީ ރަޖިސްޓްރީ ދޫކޮށްފައިވަނިކޮށް މި ސަރުކާރުންވަނީ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ތަކެެއް ގެނެސްފައެވެ. އެއާއި އެކު ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް ބިން ލިބުނު ތަންތަން ބަދަލުކޮށް އަލުން ގުރުއަތު ވަނީ ނަގާފައެވެ. 

ރައްޔިތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ ލޭންޑް ޔޫސްއަށް ގެނައި ބަދަލާއި އެލު އަލުން ގޯތި ލިބުނު ތަންތަުގެ ރަޖިސްޓްރީތައް އަންނަމަހު ހަވާލުުކުރަން ފަށާނެކަމަށެވެ.

" މޭ މަސް ތެރޭގައި އަޅުގަނޑުމެން ގުޅިފަޅުގެ ރަޖިސްޓްރީތައް އެ ފަރާތްތަކަށް އެ ގޯތި ކަނޑައެޅިގެން އެނގޭ ގޮތަށް ހަވާލުކުރަން ފަށާނަން." މިނިސްޓަރު މުއްތަލިބް ވިދާޅުވިއެވެ.

ގުޅިފަޅުން މިހާރު ހިއްކާފައި އޮތް ބިމަށް ގާތްގަނޑަކަށް 200 މިލިޔަން ޑޮލަރު ހަރަދުވެފައިވާކަމަށް މުއްތަލިބް ވިދާޅުވިއެވެ. އަދި އެތަނުގައި އަސާސީ ހިދުމަތްތައް ޤާއިމްކުރުމަށް 400 މިލިޔަން ޑޮލަރު ހަރަދުވާނެކަމަށާއި އެކަމަށް ބޭނުންވާ ފައިނޭންސް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންކަމަށް މުއްތަލިބު ވިދާޅުވިއެވެ. ގުޅިފަޅުގައި މީހުން އާބަދުވެ ދިރިއުޅެން ފަށާއިރު މަދުވެގެން 600 މިލިޔަނެއްވުރެ ގިނައިން ޑޮލަރު ހަރުވެގެންދާނެކަންވެސް މުއްތަލިބު ވަނީ ފާހަހަކުރައްވާފައެވެ.

ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ބިން ހަވާލުކުރެވޭނީ ތިލަމާލެ ބްރިޖްގެ މަސައްކަތް ނިމުމުން ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަލީ ހައިދަރު ވަބީ ވިދާޅުވެފައެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް