މި އެއްބަސްވުންތަކުގައި ސޮިއކޮށްފައިވަނީ ރައީސް މުހައްމަދު މުއިއްޒު އިއްޔެ މެލޭޝިއާއަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި މިއަދި ދެ ގައުމުގެ ދެމެދުގައި ބޭއްވި މަޝްވަރާތަކަށްފަހުއެވެ.
އެއްބަސްވުންތަކުގައި ސޮއިކުރީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ޕުޓްރަޖާޔާގައި ބޭއްވެވި ރަސްމިއްޔާތަށް ފަހު، ދެ ގައުމުގެ ވެރިން ދެއްވި ގުޅިފައިވާ ބަޔާނުގެ ކުރިންނެވެ.
ރާއްޖެ އާއި މެލޭޝިއާއާ މެދު 5 އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ދެ ގައުމުން ސޮއިކުރި އެއްބަސްވުންތައް
މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މި އެއްބަސްވުންތަކަކީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް އަޅާ ބިންގަލެއް ކަމަށެވެ. އަދި ތަފާތު ދާއިރާތަކުން މެލޭޝިއާއާ އެކު މަސައްކަތްކުރުމުގެ އުއްމީދު އޮތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ރާއްޖެ އާއި މެލޭޝިއާއާ މެދު 5 އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ދެ ގައުމުގެ ވެރިން ދެއްވި ގުޅިފައިވާ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ މި އެއްބަވސްވުންތަކަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އަޅާ ބިންގާއެއް ކަމަށެވެ. އަދި މުސްތަގުބަލުގައި ވެސް އިތުރު އެހެން ދާއިރާތަކުން މެލޭޝިއާއާ އެކު ގުޅުން ބަދަހި ކުރައްވަން ބޭނުންފުޅުވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.