ads
އަބަދަށް ފިލްމުގެ މަންޒަރެއްގައި ޔޫއްޕެ
ނުރަނގަޅު އާދަތައް ގިނަވަނީ އަނެއްމީހާއާ މެދު ދެކޭގޮތް ގޯސްވެގެން: ޔޫއްޕެ
ނުރަނގަޅު އަދި ގޯސް އާދަތައް ގިނަވަނީ އެއްބަޔަކު އަނެއްބަޔަކާ މެދު ދެކޭގޮތް ގޯސްވެގެން ކަމަށް ފިލްމީތަރި ޔޫޝުފް ޝަފީއު (ޔޫއްޕެ) ބުނެއްޖެއެވެ.
Advertisement

ޔޫއްޕެ މިހެން ބުނީ މިރޭ ޕްރިމިއާ ކުރާ "އަބަދަށް" ފިލްމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ބުންޏެވެ. 

ނޫރު މޫވީސް އިން އުފައްދާފައި މޫމިން ފުވާދު ލިޔެ ޑަރިކެޓުކޮށް، ކޮޕީ އިސްމާއިލް ރަޝީދު ޕްރޮޑަކްޝަން ޑިޒައިން އަދި މުހިންމު ރޯލަކުން ފެންނަ "އަބަދަށް" މިރޭ 8:30 ގައި އޮލިމްޕަހުގައި ޕްރިމިއާ ކުރާނެއެވެ.

"އެއްބަޔަކު އަނެއްބަޔަކަށް ނަފްރަތުކަމާ، ފަސާދަޔާ ހަސަދަވެރިކަމާ ހުރިހާކެއް އެބަ ހިމެނޭ މި ކުޑަކުޑަ ކަންތަކުގެ ސަބަބުން، މިކަންކަން ސަމާލުކަމަށް އައިސްގެން ނޫނިއްޔާ އަޅުގަނޑުމެންގެ ހިތުގަ އުފެދޭ ނަފްތަރުކަން ފުހޮއެއް ނުލެވޭނެ،" ފިލްމުގެ ޕްލޮޓާއި ގުޅޭގޮޔުން ޔޫއްޕެ ބުންޏެވެ.

ޔޫއްޕެ ބުނީ، ނުރަނގަޅު އާދަތައް ގިނަވެގެން ދަނީވެސް އަނެއް މީހާއާއި މެދުގަ ދެކޭގޮތުގެ ސަބަބުން ކަމަށެވެ. "ހިތް ނުބައިވެއްޖިއްޔާ އަނެއްމީހާއާ ދެކޭގޮތް ރަނަގޅު ނުވާނެ،" ކަމަށް ވެސް ޔޫއްޕެ ބުންޏެވެ. 

ތިމާގެ ހިތް ނިޔަތް ނުބައި މީހަކުވެސް ރަނަގަޅު ވާހަކައެއް ވެސް ބުނެދާނެ ކަމަށް ވެސް ޔޫއްޕެ ބުންޏެވެ. 

މި ފިލްމުގައި ވަރަށް ސަޅި ރޯލަކުން މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) ފެންނައިރު، ފިލްމުން ވާޝިޔާ، ޝާރިފް، ސޫޒަން ފަދަ މަގުބޫލު ތަރިން ވެސް ފެންނާނެއެވެ. އަދި ކޮޕީ އިއްސެ ވެސް ހާއްސަ ރޯލަކުން މި ފިލްމުގައި ފެނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް