ads
ސިނގިރޭޓް ފޮށިތަކެއް--
އުމުރު ޔަގީންކުރަން ސިގިރޭޓް ވިއްކަން އައިޑީކާޑު ބަލަންޖެހޭ
އުމުރު ޔަގީންކުރަން ސިނގިރޭޓް ވިއްކުމުގެ ކުރިން އައިޑީކާޑް ބަލަންޖެހޭ ގޮތަށް ގާނޫނު ބަދަލުކުރަން ސަރުކާރުން ހުށައަޅައިފިއެވެ.
Advertisement

 2007 ފެށިގެން އުފަންވި މީހުން ދުންފަތް މަނާކުރަން "ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް" އިސްލާހު ގެންނަ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ހުށައަޅާފައެވެ. މި ބިލު މަޖިލިހަށް ހުށައެޅީ ސަރުކާރުގެ ފަރާތުން މި ބިލް މަޖިލިހަށް ހުށައެޅި ކިނބިދޫ ދާއިރާގެ މެމްބަރު އަހުމަދު އަޝްރަގު އެވެ.  

މި ބިލުގައިވާ ގޮތުން ރައްޔިތުން މަޖިލިހަށް ހުށައެޅި ބިލުގައިވާ ގޮތުން 1 ޖެނުއަރީ 2007 ގައި ނުވަތަ އެ ތާރީހުގެ ފަހުން އުފަންވެފައިވާ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތްތަކާއި އުފެއްދުން ވިއްކުން މަނާވާނެއެވެ. އަދި އުމުރުން 21 އަހަރު ވެފައިވާ އެއްވެސް މީހަކަށްވެސް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމަކީ މި ބިލުގައިވާ ގޮތުން މަނާކަމަކަށެވެ. މީގެއިތުރުން އެ އުމުރު ފުރައިގެ އެއްވެސް މީހަކު  ދުންފަތް އުފެއްދުމާއި ވިއްކުމުގެ މަރުހަލާގައިވެސް ބައިވެރިކުރުމަކީ މަނާކަމެކެވެ.  

މި ބިލިގައި ބުނަނީ ދުންފަތް ގަންނަ އަންނަ މީހަކީ 1 ޖެނުއަރީ 2007 ގައި ނުވަތަ އެ ތާރީހުގެ ފަހުން އުފަންވެފައިވާ މީހެެއްތީ ވިއްކާ ފަރާތުން ބަލަންޖެހެެއެވެ. އެގޮތުން ދުންފަތް ގަންނަން އަންނަ މީހުންގެ އައިޑީކާޑު ބަލައި، ދުންފަތް މަނާކުރާ ޖީލުގެ މީހެއް ކަން ނުވަތަ ނޫންކަން ވިއްކާ ފަރާތުން ޔަގީންކުރަން ޖެހޭނެކަމަށް އެ ބިލުގައިވެއެވެ.

މީގެއިތުރުން ލައިސަންސް އޮވެގެން މެނުވީ ދުންފަތުގެ ބާވަތެެއް ނުވަތަ ދުންފަތުގެ އުފެއްފުމެއް އެއްވެސް ފަރާތަކުން ވިއްކުމަކީ މަނާކަމެކެވެ. އަދި ދުންފަތުގެ ބާވަތްތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް ގަންނަނީ ކާކުކަން ނޭނގޭގޮތަކަށް ، ވެންޑިން މެޝިނަކުން ނުވަތަ ޕޯސްޓްގެ ޒަރީއާއިން ނުވަތަ އޮންލައިންކޮށް ވިއްކުމަކީވެސް މަނާކަމެކެވެ.

ދުންފަތުގެ ބާވަތްތައް ވިޔަފާރިކުރާ ތަންތަނުގައި ދުންފަތް މަނާކުރާ ޖީލުގެ މީހުނަށް އެ ތަކެތި ނުވިއްކޭނެ ކަން އަންގައިދޭ ބޯޑެއް ބަހައްޓަން ވާނެކަމަށްވެސް މި ބިލުގައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް