ads
އަކްރަމް
އަކްރަމްގެ ޕާސްޕޯޓް ހިފޭއްޓީ ގާނޫނާ ހިލާފަށް
ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ، ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި އެ އަމުރު ހައިކޯޓުން ބާތިލުކޮށްފިއެވެ.
Advertisement

މިދިޔަ އަހަރުގެ ފަހުކޮޅު، އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުން ގޯއްޗާއި ފްލެޓް ދޫކުރުމުގެ ކަންކަމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ފަށާފައިވާ ތަހުގީގުގެ ބޭނުމަށް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުންނެވެ.

ކްރިމިނަލް ކޯޓުގެ އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެންމެ ފުރަތަމަ އެ މައްސަލަ ހައިކޯޓުން ބަލައި ނުގަތެވެ. އެ އަމުރު ހައިކޯޓަށް ބަލައި ގަތީ، ފަނޑިޔާރުންގެ ބެންޗުގެ ރިވިއުއަކަށް ފަހުއެވެ. 

މި މައްސަލަ ބަލައިގަތުމަށް ފަހު ދިގު އަޑު އެހުންތަކަށް ފަހު މައްސަލައިގެ ހުކުމް ކުރީ މިއަދު އެވެ. މައްސަލައިގެ މިއަދު ހައި ކޯޓުން ކަނޑައެޅީ އަކްރަމްގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށެވެ. އެހެންވެ، އެ އަމުރު ބާތިލްކޮށް، އަކްރަމްގެ ޕާސްޕޯޓް ދޫކޮށްލަން ހައި ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް