ads
ފައިން ޖަހާ ރެކު ތަޅާލަނީ
ކޮޅުފައިންޖަހާ ކެފޭއެއްގެ ބިއްލޫރި ރެކު ތަޅާލި މީހާ ހައްޔަރުކޮށްފި
މާލޭގެ އިރަމާމަގުގައި ހުންނަ ކެފޭއެއްގެ ބިއްލޫރި ރެކު ތަޅައިލި މައްސަލާގައި މ. ސްޓާ، މުހައްމަދު ރަޒީން ފުލުހުން ހައްޔަރުކޮށްފިއެވެ.
Advertisement

މި މައްސަލާގައި ރަޒީން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުނީއެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ ހެނދުނު 08:56 ހާއިރުއެވެ. ރަޒީން ހައްޔަރުކޮށްފައިވަނީ އިއްޔެއެވެ. ޓޭކްއަވޭ ތަނަށް ވަދެ ރަޒީން ބިއްލޫރި ރެކު ތަޅައިލާ ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

އެ ވީޑިއޯއިން ފެންނަނީ މީހަކު ތަނެވެކައުންޓަރާ ދިމާލަށް ގޮސް، އެތަނުގައި އިން މީހަކާއި ދިމާލަށް އެއްޗެހި ކިޔާތަނެވެ، އަދި އޭގެފަހުން އެ ކެފޭގައި ހެދިކާ އަޅާ އަޅާފައި ހުރި ރެކުގައި ފައިން ޖަގާ ބިއްލޫރި ތަޅާލާ ތަނެެވެ. އޭރު އެ ކެފޭގެ މަސައްކަތު މީހާ ރެރެކު މަތީ އަތް އަޅުވައިލައިގެން ފޯނާ ކުޅެން ހުރެއެވެ. އެ ރެކު ތަޅާލައި އޭނާ ނުކުމެގެން ދެއެވެ.

މި ހާދިސާ ހިނގި ވަގުތު އެ ކެފޭގައި އުމުރުން ދުވަސްވީ މީހަކު ސައިބޯން އިދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް