
މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އެމްއާރުޑީސީނެވެ، މިހާރު ކުރިއަށްދަނީ އެދުރުކަލޭފާނު މަގުގެ ދުވާރު މަސައްކަތް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން ކުޅުދުއްފުށީގެ 6 ކިލޯމީޓަރުގެ މަގުތަކުގައި ތާރު އެޅުމާއި، ފެން ހިންދާ ނިޒާމެއް ގާއިމް ކުރުމާއި، މަގު ބައްތި ޖެހުން ހިމެނެއެވެ. މި މަސައްކަތުގެ އަގަކީ 100،700،048.55 ރުފިޔާ ކަމަށާއި، މުޅި މަޝްރޫއު 510 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ކަމަށްވެސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
ކުޅުދުއްފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން އެ ރަށުގެ ބަންޑާރަ މަގުގައި ތާރު އަޅާފައިވަނީ 2018 ވަނަ އަހަރުގައެވެ. މި މަޝްރޫއު ނިމުމުން ކުޅުދުއްފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީވެ، ރައްޔިތުންނަށް ދިމާވާ ގިނަ ދަތިތަކަށް ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ބުނެފައިވެއެވެ.