ads
ރައީސް މުއިއްޒު މެލޭޝިއާގައި
ރައީސް މުއިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.
Advertisement

މި ދަތުރުފުޅަކީ މެލޭޝިއާގެ ޕްރައިމް މިނިސްޓަރު ޑާޓޯ ސެރި އަންވަރް ބިން އިބްރާހީމްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެއް ކަމަށްވާއިރު، ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަކީ މި ދަތުރުފުޅުގެ މައިގަނޑު އަމާޒު ކަމުގައި ވަނީ ބަޔާންކުރައްވާފަ އެވެ.

މި ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި ރަސްމީ މަޝްވަރާތައް ޕުތުރާ ޕަރްދާނާގައި ބާއްވައި، ގުޅުންތައް އިތުރަށް ބަދަހިކުރެވޭނެ ފުރުސަތުތަކާ މެދު މަޝްވަރާކުރެވުނެވެ. އަދި ދިވެހި ސަރުކާރާއި މެލޭޝިއާ ސަރުކާރާ ދެމެދު އެއްބާރުލުންދިނުމާއި ގުޅުންހުރި ފަހުމުނާމާތަކުގައި ސޮއިކުރައްވައި އެކްސްޗޭންޖް އޮފް ނޯޓްސް (އީ.އޯ.އެން) ވެސް ވަނީ ބަދަލުކޮށްފަ އެވެ. ދަތުރުފުޅުގައި ރައީސް މުއިއްޒު މޯލްޑިވްސް-މެލޭޝިއާ ބިޒްނަސް ފޯރަމް 2025ގައި ވާހަކަފުޅު ދައްކަވައި، ދިވެހިރާއްޖޭގައި އުފެދިފައިވާ ވިޔަފާރީގެ އާ ފުރުސަތުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި، ދިވެހި އައިޑީ ކާޑުގެ ހިދުމަތާއި ދިވެހި އިލެކްޓްރޯނިކް ޕާސްޕޯޓްގެ ހިދުމަތް މެލޭޝިއާގައި ރަސްމީކޮށް ފައްޓަވައިދެއްވި އެވެ. އަދި "މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން" އިފްތިތާހުކޮށްދެއްވި އެވެ. މީގެއިތުރުން މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައި.އައި.ޔޫ.އެމް) ގެ ފަރާތުން ރައީސް މުއިއްޒަށް "އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް" ގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީގެ އޮނޮރަރީ ޑިގްރީއެއް އެރުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް