ads
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ނަފްސާނީ ބައްޔަށް ޅެމުން ފަރުވާދޭން ފުލުހުން ގުޅިއްޖެ
ނަފްސާނީ ބައްޔަށް ޅެމުން ފަރުވާދިނުމުގެ މަސައްކަތް ކުރުމަށް ދިވެހިބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓްރީން ފުލުހުންނާ ގުޅިއްޖެ އެވެ.
Advertisement

މި ކަމާ ގުޅޭގޮތުން އިއްޔެ ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް އިސްކޮށް ރިޔާސަތު ބެލެހެއްޓެވިއެވެ. ފުލުހުންގެ ފަރާތުން ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަންވަރު ނައީމް ބައިވެރިވި އެވެ.

ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން، މި ބައްދަލުވުމުގައި ނަފްސާނީ ދާއިރާއިން ދެ އިދާރާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާއި، ރައްޔިތުންނާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ޕޮއެޓްރީ ބޭނުންކޮށްގެން ނަފްސާނީ ބައްޔަށް ފަރުވާކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެ އެވެ. މި ބައްދަލުވުމުގައި ދެ އިދާރާ ގުޅިގެން އެކިކަހަލަ ދިރާސާތައް ހެދުމަށް އެއްބަސްވެފައިވާ ކަމަށް ފުލުހުން އޮފީހުން ބުންޏެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ދެ އިދާރާ ގުޅިގެން އެކިކަހަލަ ދިރާސާތައް ހެދުމުގައި ހެރިޓޭޖު މިނިސްޓްރީގެ ފަރާތުން ފުލުހުންގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. އަދި ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުން ކުރާ މަސައްކަތްތަކުގައި މިނިސްޓްރީގެ އެހީތެރިކަން ލިބޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. 

ފުލުހުންގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ގާތުން އެންމެ ރަނގަޅަށް ފޯރުކޮށްދިނުމަށްޓަކައި އެކި އިދާރާތަކާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ކުރިއަށް ގެންދާ ބައްދަލުވުންތަކުގެ ތެރެއިން މިއީ ބޭއްވި ބައްދަލުވުމެއް ކަމަށްވެސް ފުލުހުން އޮފީހުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް