ads
މަތީ ތައުލީމް ހާސިލްވެ ދަރިވަރުންތަކެއް ދަސްވެ ނިވުނު ހަފްލާއެއް
މަތީ ތައުލީމަށް ސަރުކާރު ހަރަދުގައި ކިޔަވާ ދަރިވަރުންނަށް ޕޯޓަލެއް
މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ މައުލޫމާތު ބެލެހެއްޓުމަށާއި، ދަރިވަރުންގެ ރިކުއެސްޓުތަކަށް އަވަސް ހިދުމަތެއް ފޯރުކޮށްދިނުމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ތައްޔާރުކުރަމުންދާ އޮންލައިން ޕޯޓަލް އޮކްޓޫބަރު މަހު ތައާރަފުކުރާނެ ކަމަށް އެ މިނިސްޓްރީގެ މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ، މިނިސްޓްރީއަށް ދަރިވަރުން ފޮނުވާ އީމެއިލްތަކާއި ސިޓީތަކަށް ޖަވާބު ދިނުން ލަސްވަމުންދާތީ، ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ ހަރަދުގައި ކިޔަވާ ދަރިވަރުންނާ ގުޅޭ ސެކްޝަންތަކަށް ދުވާލެއްގެ މައްޗަށް 600 އަށްވުރެ ގިނަ އީމެއިލާއި ސިޓީ ލިބެމުންދެއެވެ. މިހާރު މިނިސްޓްރީން މަސައްކަތް ކުރަމުން ގެންދަނީ ލިބޭ ސިޓީތަކާއި އީމެއިލްތަކަށް ތިން ދުވަހުގެ ތެރޭގައި ޖަވާބު ދިނުމަށެވެ. އަދި އެންމެ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި ޖަވާބު ދެވޭތޯ ބަލަމުން ގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އާ ޕޯޓަލް ތައާރަފުކުރުމާއެކު، ދަރިވަރުންގެ ރިކުއެސްޓުތަކަށް ޖަވާބު ދިނުމުގެ މަސައްކަތް ވަރަށް ބޮޑަށް ހަލުވިވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ޕޯޓަލަކީ ސަރުކާރުގެ ހަރަދުގައި ލޯނު ސްކީމާއި ސްކޮލަރޝިޕްގެ ދަށުން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނާއި، ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކިޔަވާ ދަރިވަރުންގެ ކަންކަން ހަރުދަނާކޮށް ބެލެހެއްޓުމަށް އެހީތެރިވެދޭނެ ވަސީލަތެއް ކަމަށް މިނިސްޓްރީން އޮފީހުން ބުނީއެވެ. މި ޕޯޓަލްގެ ޒަރީއާއިން ދަރިވަރުންގެ މައުލޫމާތުތައް ފަސޭހައިން ބެލެހެއްޓުމުގެ އިތުރުން، ދަރިވަރުންނަށް ދެވޭ ހިދުމަތްތައް އަވަސްވެގެންދާނެ ކަމަށްވެސް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް