ފުލުހުން ބުނީ، އުދަރެސް ޓަވަރުގެ 8 ވަނަ ބުރިން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާކަމަށވެވެ. އަދި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަަމަށެވެ. އިތުރު ތަފްސީލެއް އަދި ފުލުހުން ނުދެއެވެ.
ދާދީ ފަހުންވެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ދެ ޓަވަރަކުން ދެ ކުޑަކުދިން ވަނީ ވެއްޓިފައެވެ. އޭގެ ތެރެއިން އެއް ކުއްޖަކު ނިޔާވެފއިވާއިރު އަނެއް ކުއްޖާ އަންނަނީ ފަރުވާ ހޯދަމުން ނެވެ.
މިދިޔަ އޯގަސްޓު މަހުގެ 31ގައި، އަމާން އުދަރެސް ޓަވަރަކުން ވެއްޓުނީ 16 އަހަރުގެ ކުއްޖެކެވެ. އަދި ޖެހިގެން އައި ދުވަހު ސްޓެލްކޯ ޓަވަރަކުން ވެއްޓުނީ އުމުރު ދެ އަހަރުގެ ކުއްޖެކެވެ. އެ ކުއްޖާ ވަނީ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާ ވެފައެވެ.