ads
ހދ އަތޮޅުގައި ޑުރަގު ވިއްކަނިކޮށް އަތުލައިގެން މީހުން
ހދ އަތޮޅުގައި ޑުރަގު ވިއްކާ ބަޔަކު އަތުލައިގެންފި
ހދ. ހަނިމާދުއާއި ފިއްލަދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
Advertisement

ފުލުހުން ބުނީ މި އޮޕަރޭޝަން ހިންގީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، އަޕާ ނޯތު ޕޮލިހާއި ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކަމަށެވެ. އަދި މި ފަސް މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އޭގެ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.

މި އޮޕަރޭޝްންގައި ހައްޔަރުކު 5 މީހުންގެ ތެރެއިން ތިން މީހުން ހައްޔަރުކުރީ ހަނިމާދޫއިންނެވެ. އަނެއް ދެ މީހުން ހައްޔަރުކުރީ ފިއްލަދޫއިންނެވެ.

ހަނިމާދޫން ހައްޔަރުކުރި މީހުން

  • ހދ. ހަނިމާދޫ، ލޭކޮކާ، އުމުރުން 38 އަހަރުގެ އަބްދުލްއަޒީޒް ހަސަން
  • ކ. ގުރައިދޫ، ގުލްފާމުގޭ، އުމުރުން 21 އަހަރުގެ ޖައިލަމް މުހައްމަދު
  • ކ. ގުރައިދޫ، ނަލަވާ، އުމުރުނއ 23 އަހަރުގެ ހުސައިން ޝާވިން

މި ތިން މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު އެތަނުން އެކަކު އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 18.6 ގުރާމު ހުރިކަމަށްވެސް ފުލުހުން ބުނެއެވެ. 

މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޖައިލަމާއި ޝާވިން ފަސް ދުވަހަށް ބަންދުކުރުމަށް، އަދި އަބްދުލްއަޒީޒް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން މުއްދަތު ޖަހާދީފައިވާކަމަށް ފުލުހުން ބުނެއެވެ. 

ފިއްލަދޫން ހައްޔަރުކުރި މީހުން 

  • ހއ. ފިއްލަދޫ، ކެވެލި، އުމުރުން 34 އަހަރުގެ އަހުމަދު ހަލީމު
  • ހއ. ފިއްލަދޫ، ޓާޓާގެ، އުމުރުން 45 އަހަރުގެ މުހައްމަދު ސާދިގު

މި ދެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ބޭނުންކުރަން ގެންގުޅޭކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަލީމް 15 ދުވަހަށް އަދި މުހައްމަދު ހަތް ދުވަހަށް ބަންފުފެ މުއްދަތު ކޯޓުން ވަނީ ޖަހާދީފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް